އަންހެން ދަރިފުޅުގެ އުމުރުން އަށް އަހަރުން ފެށިގެން ޖިންސީގޯނާކުރި ބައްޕައަކު 20 އަހަރަށް ޖަލަށް ލުމަށް ހއ. އުލިގަން މެޖިސްޓްރޭޓް ކޯޓަކުން މިއަދު ހުކުމްކޮށްފި އެވެ.

އެ މައްސަލާގައި ހުކުމް އިއްވާފައި ވަނީ ހއ. އުލިގަން، ރިހިމާގެ، މުޙައްމަދު އާދަމް (44އ) ގެ މައްޗަށެވެ.

ދަޢުލަތުން އޭނާގެ މައްޗަށް އުފުލީ އާއިލާގެ މެމްބަރަކާ އެކު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދަޢުވާ އެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ.

އުލިގަމް ކޯޓުގެ ހުކުމްގައި ވަނީ މުޙައްމަދު އާދަމްގެ އަމިއްލަ ދަރިއަކާ އެކު ޖިންސީ އަމަލު ހިންގާފައިވާކަން ޝަރީޢަތަށް ހުށަހެޅިފައިވާ ހެކިތަކުން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި ޝަރީޢަތަށް ސާބިތުވާ ކަމަށެވެ.