ފުލުހުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތް ހެދުމާއި ފޯޖް ކުރުމުގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަން އިއުލާންކޮށްފި އެވެ.

ފުލުހުން ބުނީ ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދަމުން ދަނީ ލ. ގަން، ތުނޑި، ހުދުވިލާގެ، އަހުމަދު އަލީ، 21، އާއި ގދ. ވާދޫ، ލިލީގެ، މުހައްމަދު ސަބާހު،36، ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ ދެމީހުން ހޯދަމުން ދަނީ މަކަރާއި ހީލަތް ހެދުމާއި ފޯޖު ކުރުމުގެ މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް އެ މައްސަލައިގެ ތަފްސީލެއް ފުލުހުން ހާމައެއްނުކުރެ އެވެ.

އެ ދެމީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ އެ މައުލޫމާތެއް ފުލުހުންގެ ނަމްބަރު 3322111 އަށް ނުވަތަ ނަމްބަރު 9790048 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން އެދެ އެވެ.