23 Apr 2015, 12:26
އަންނަ އަހަރަކީ މެންޗެސްޓާ ޔުނޭޓަޑް ޗެމްޕިއަންކަން ހޯދާނެ އަހަރުކަމަށް ބުނެ އެޓީމްގެ ކޯޗް ހޮލެންޑްގެ ލުއިސް ވެންހާލު ޔުނައިޓެޑްގެ ސަޕޯޓަރުންނަށް އުންމީދެއް އާކޮށްދީފިއެވެ.
މެންޗެސްޓާ ޔިނައިޓެޑް ފައުންޑޭޝަންގެ ޑްރީމް ޑޭ ގައި ސަޕޯޓަރުންނާއެކު ބޭއްވި ހަރަކާތްތަކުގައި ވާހަކަ ދައްކަމުން މިސީޒަންގައި ހުސްއަތާ ނިންމާލަންޖެހުނު ޓީމްގެ ކޯޗު ބުނީ ސަޕޯޓަރުންނަށްޓަކައި އަންނަ އަހަރު ޗެމްޕިއަންކަމާވާދަކުރެވޭ ވަރުގެ ޓީމެއް އެކުލަވާލާނެކަމަށެވެ.
މިބައްދަލުވުމުގައި ސަޕޯޓަރަކު ވަނީ ޓީމަށް ގެނައުމަށް ސަޕޯޓަރުން ބޭނުންވާ ބައެއް ކުޅުންތެރިންގެ ނަންތަކެއް ހުށަހަޅާފައެވެ.
މިލިސްޓްގައި ހިމެނޭނީ ޕީސްވީއަށް ކުޅޭ ހޮލެންޑްގެ މެންފިސް ޑިޕާއޭ އާއި ރެއާލް މޭޑްރިޑްގެ ފޯވަޑް ވޭލްސްގެ ގެރެތު ބޭލްއާއި ޔުވެންޓަސްގެ ފްރާންސްގެ ފޯވަޑް ޕައުލް ޕޮގްބާ ހިމެނެއެވެ.

މެންޗެސްޓާ ޑްރީމް ޑޭގައި ބައެއް ސަޕޯޓަރުންނާއެކު ވެންހާލް ވަގުތު ހޭދަކުރަނީ ފޮޓޯ/ މެންޗެސްޓާ ޔުނޭޓަޑް
ސަޕޯޓަރުންނާއެކު ހޭދަކުރި މިވަގުތުގައި ވެންހާލް ބުނީ ސަޕޯޓަރުންގެ އުންމީދުތައް ފުރިހަމަކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
ވެންހާލް މިސީޒަނަށް ކުރިމަތިލިއިރު އޭނާ ވަނީ ޔުނައިޓެޑަށް ހޮލެންޑްގެ ވެން ޕާސީ އާއި އާޖެންޓީނާގެ ޑީމާރިއާ އާއި ސްޕެއިންގެ ހުވާން މާޓާ އެޓީމަށް ގެނެސްފައެވެ. ނަމަވެސް އެކުޅުންތެރިނާއެކު އެއްވެސް މުބާރާތެއް ޔުނައިޓެޑަށް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.