23 Apr 2015, 11:59
އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ މާމާފުޅު ސަރާ ޢުމަރު އުމްރާއަކަށް ސައުދީ ޢަރަބިއްޔާއަށް ވަޑައިގެންފިކަމަށް ސައުދީގެ ރަސްމީ ނިއުސް އެޖެންސީ އެރަބް ނިއުސްއިން ބުނެފިއެވެ.
މައްކާގެ ނަސީމް އަވަށުގައި ކީރިތި ރަސޫލާގެ ހަޔާތްޕުޅާ ބެހޭގޮތުން ކުރިއަށްދާ އެގްޒިބިޝަނަކަށް ދެ ގަޑިއިރަށް ކުރެއްވި ޒިޔާރަތުގައި ސަރާ ވިދާޅުވީ އެތަނަށް ވަޑައިގެންނެވުމުން ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި އެ އެގްޒިމިޝަނުން ޒަމާނީ ވިސްނުމުގެ އަލީގައި އިސްލާމްދީން ފޯރުކޮށް ދެވޭނެ ކަމުގެ މިސާލު ލިބޭ ކަމަށް ވެސް ސާރާ ވިދާޅުވި އެވެ.
"އަޅުގަނޑު ވަރަށް އުފާވެއްޖެ މިއެގްޒިބިޝަނަށް އާދެވުމުން. މިތަނުން މިސާލު ލިބޭ އިސްލާމް ދީން ޒަމާނީ ވިސްނުމުގެ އަލީގައި ފޯރުކޮށްދެވޭނެކަން. އެކަން ސައިސްގެ އަލީގަޔާ ސައްހައް ލޔުންތަކުންވެސް ސާބިތު ކުރެވޭ" އުމުރުފުޅުން 93 އަހަރުފުޅުގެ ސަރާ ވިދާޅުވިއެވެ.
އެކަމަނާ ވިދާޅުވީ ސައުދީ ސަރުކާރުގެ އެހީތެރިކަމާއެކު ޣައިރުމުސްލިމުންނަށް މިފަދަ އެގްޒިބިޝަންތަކުން އިސްލާމް ދީނާ އެހެނިހެން ބާތިލް ދީންތަކާ މެދު އުފެދިފައިވާ ކުށްހީތަކަށް ޖަވާބު ލިބޭނެކަމަށް އުންމީދުކުރާ ކަމަށެވެ.

އޮބާމާގެ މާމާފުޅު ސާރާ ޢުމަރު އުމްރާއަށް ސައުދީ އަރަބިއާއަށް ވަދައިގެންނެވި ދަތުރުގެތެރެއިން --- އެރަބް ނިއުސް
ހިގުމުން މަހްރޫމްވެފައިވާ ސަރާ އުމްރާވެ ވަޑައިގަތުމަށް ސައުދީއަށް ވަޑައިގެންނެވީ އެކަމާނާގެ ދަރިކަލުން އަދި އޮބާމާގެ ބޮޑުބޭބެ ސަޢީދު އޮބާމާއާ، އެކަމާނާގެ އެންމެ ދޮށީ މާމާ ދަރިކަލުން މޫސާ އޮބާމަ އަރިހުގައެވެ.