ފަރުނީޗަރާއި ގެއަށް ބޭނުންވާ ތަކެތި ވިއްކާ އީވޯ ހޯމުން މަދު ދުވަސްކޮޅެއްގެ ތެރޭގައި ހޯދާފައިވާ ކާމިޔާބީއަކީ ޔޫރަޕުގެ މޮޅު އުފެއްދުމަށް ކަސްޓަމަރުން ކުރި އިތުބާރު ކަމަށް އީވޯގެ ސޭލްސް އެންޑް މާކެޓިން މެނޭޖާ ރިޒްމާ ރަޝީދު ވިދާޅުވި އެވެ.

މީގެ ދެ އަހަރުކުރިން ސީދާ ޔޫރަޕުން ކޮލިޓީ މުދާ ދިވެހިންނަށް ފޯރުކޮށްދިނުމަށް އީވޯ އިން ފެށި ދަތުރު ވަނީ ކާމިޔާބުކޮށްފަ އެވެ.

"މިތާގެ މި ގެންގުޅެނީ ހުސް ޔޫރަޕްގެ ބްރޭންޑްތައް. ޔޫރަޕްގެ އެއްމެ ޓޮޕް ބްރޭންޑްތައް މި ގެންގުޅެނީ،" ރިޒްމާ ވިދާޅުވި އެވެ.

އީވޯ އަށް ދެ އަހަރުވާ އިރު ބޮޑު ދެ ފިހާރަ އިން ދަނީ ކަސްޓަމަރުންނަށް ކޮލިޓީ މުދާ ވިއްކަމުންނެވެ. އަދި ތިން ވަަނަ އަހަރަކަށް އީވޯ މަރުހަބާ މި ކިޔަނީ ތިންވަނަ ފިހާރައެއް ވަަރަށް އަވަހަށް ހުޅުވާނެ ކަމުގެ އުފާވެރި ޚަބަރާ އެކުގަ އެވެ.

އީވޯ އިން ފަރުނީޗަރާއި ޓައިލްސް އާއި ގެއަށް ބޭނުންވާ ހުރިހާ ސާމާނެއް ލިބެން ހުރެ އެވެ.

އީވޯ ހޯމް ފިހާރަ. ގިނަ ގެއަށް ބޭނުންވާ ހުރިހާ ފަރުނީޗަރެއް ލިބޭ ސަން ފޮޓޯ: ފަޔާޒް މޫސާ

"ގެއަކަށް ބޭނުންވާ ހުރިހާ އެއްޗެއް މިތަނުން ލިބޭނެ. އޭގެ ތެރޭގައި ގެ ޒީނަތްތެރި ކުރުމަށް ކުރާ ސާމާނު ވެސް ހިމެނޭ،" ރިޒްމާ ވިދާޅުވި އެވެ. އީވޯ އިން ދަނީ ރަށްރަށުގެ ރައްޔިތުންނަށް ވެސް އީވޯގެ ކޮލިޓީ މުދާ ފޯރުވައިދެމުންނެވެ.

"ވަރަށް ފަޚުރުވެރިކަމާ އެކު އަޅުގަނޑަން ދެންނެވިދާނެ އީވީ ހޯމްގެ ބަދިގެ، ޔޫރަޕްގެ މޮޅު އުފެންދުން އަޅުގަނޑުމެން ހުންނާނެ އަތޮޅުތެރޭގެ ރަށްތަކުގައި ބަހައްޓަދީފައި،" ރިޒްމާ ވިދާޅުވި އެވެ. ރިސޯޓުތަކުން ވެސް ބޮޑު ތަރުހީބެއް ލިބޭ ކަމަށް ރިޒުމާ ވިދާޅުވި އެވެ.

ދެން އޮތީ މިތަނުން ވިއްކާ މުދަލުގެ އަގުގެ ވާހަކަ އެެވެ. އަގަކީ ކޮލިޓީ އާ އެކު ތަފާތުވާ އެއްޗެކެވެ.

"ކޮލިޓީ އާ އަޅާބަލާ އިރު އަގުތައް ވަަރަށް ރީޒަނަބަލް ވާނެ. އަނެއްކާ ވަަރަށް ގިނަވާނެ ބޭނުންކުރެވޭ މުއްދަތު،" ރިޒްމާ ވިދާޅުވި އެވެ.

އީވޯ ހޯމް ފިހާރައިން ބަދިގެ ހުރިހާ ސާމާނެއް ލިބޭ ސަން ފޮޓޯ: ފަޔާޒް މޫސާ

ބަދިގެ ހިލޭ ޑިޒައިންކޮށްދިނުމުގެ ހިދުމަތް

އީވޯ އިން ދަނީ ބަދިގެތައް ކަސްޓަމަރުން ބޭނުންވާ ގޮތަކަށް ޑިޒައިން ކޮށްދިނުމުގެ ހިދުމަތް ދެމުންނެވެ.

"ކަސްޓަމަރު މި ބުނަނީ މިވެނި ޖާގައަކަށް މިވެނި ޕްރޮޑަކްޓްސް މިވެނި އެޕްލައިންސަސް ލާފަ އެބަ ބޭނުންވެއޭ ބަދިގެއެއް ހަދަން. އަޅުގަނޑުމެންގެ ހިލޭ ޑިޒެއިން ކޮށްދޭނަން" ރިޒްމާ ވިދާޅުވި އެވެ. އަދި ކަސްޓަމަރު ބޭނުންވާ ކޮންމެ ޖާގައެއްގެ ތަނެއްވެސް ކަސްޓަމަރުގެ ބަޖެޓަށް ފެތޭ ގޮތަށް ޑިޒައިންކޮށްދޭނެ ކަމަށް ރިޒްމާ ވިދާޅުވި އެވެ.

ދިވެހިން މިހާރު އެއްމެ ޒަމާނީ މުދަލާއި އެއްމެ ފަހުގެ ޓްރެންޑަށް ވަަރަށް ސަމާލުކަން ދޭ ކަމަށާއި އީވޯއީ ކަސްޓަމަރުންގެ މި ބޭނުން ފުއްދާދިނުމަށް ދެމިތިބޭނެ ކަަމަށެވެ.

އަހަރީ ޕްރޮމޯޝަން

އީވޯގެ އަހަރީ ދުވަހާ ދިމާކޮށް ވަރަށް ޚާއްސަ ޕްރޮމޯޝަނެއް ބޭއްވުމަށް އީވޯ އިން ވަނީ ނިންމާފަ އެވެ. އެ ގޮތުން 75،000 ރުފިޔާގެ އަގު ހުރި ބެޑްރޫމް ސެޓަޕެއްދޭ މި ޕްރޮމޯޝަން ކުރިޔަށްދާނީ 'ބިޑް އެންޑް ވިން" ގެ އުސޫލުންނެވެ.

ދިހަ ހާސް ރުފިޔާ އިން ފަށާ މި ނީލަން ކާމިޔާބު ކުރާނީ އެއްމެ ބޮޑު އަގެއް ހުށަހަޅާ ފަރާތުންނެވެ. މި ނީލަން ކާމިޔާބު ކުރާ ފަރާތަަކަށް ދިނުމަށް ނިންމާފައި ވަނީ ކެޕްޓަން ޝާކީ ކިއާ ސެޓް އަޕެކެވެ. އީވޯގެ އަހަރީ ދުވަހަކީ ވިހި އެޕްރިލް 2013 އެވެ.

އީވޯގެ އަހަރީ ޕްރޮމޯޝަންގައި ނީލަން ކިޔާ ބެޑް ރޫމް ސެޓްއަޕް - ސަން ފޮޓޯ: ފަޔާޒް މޫސާ