ކުރުނބާ ފެން ގިނަމީހުން ބޮއިހަދަނީ ބަލިވުމުންނެވެ. މާބޮޑަށް ވަރުދެރަވެ ނުވަތަ ހުން އަންނަ

ނަމަ ކުރުނބާ ފެން ބުއިމަށް މީހުން އަވަސްވެގަނެ އެވެ. ބައެއް މީހުން ކުރުނބާ ބޮއިވެސް ހަދަ އެވެ. ގައިގައި ވަރުޖެއްސުމަށް ކުރުނބާފެން ބޯންޖެހޭނެ ކަމަށް ގިނަ ބަޔަކު ދެކެ އެވެ. އެހެންނަމަވެސް ކުރުނބާ ފެނުން ގިނަގުނަ ފައިދާތަކެއް ހަށިގަނޑަށް ލިބޭކަން އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ؟

ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ވުމާއި ޔޫރިން އިންފެކްޝަނުން ސަލާމަތްވުމާއި ތަފާތު އިންފެންޝަންތަކުގެ ސަބަބުން ޖެހޭ ބަލިތަކުގެ އިތުރުން ހިރުގަނޑަށް ޖެހޭ ބަލިތަކުން ސަލާމަތް ވުމަށް ކުރުނބާ ފެނަކީ ރަނގަޅު ބުއިމެކެވެ.

ސިއްހީ ތަޖުރިބާކާރުންގެ ދިރާސާތަކުން ދައްކާ ގޮތުންް ކުރުނބާފެން ކިތަންމެ ގިނައިން ބުއި ނަމަވެސް ހަށިގަނޑަށް ގެލުމެއް ނުވާނެ އެވެ. އޭގެ ބަދަލުގައި ހަށިގަނޑަށް އިތުރުވާ ފެޓްސްގެ ބައި މަދުވެ ބަރުދަން ލުއިވުމަށް އެހީތެރިވެދެ އެވެ. އޭގެ އިތުރުން ކިޑްނީއަށް ދިމާވާ ބަލިތަކާއި ހަޖަމްކުރުމުގެ ނިޒާމު ރަނގަޅުވެގެންދެ އެވެ. އެހެންކަމުން ކުރުނބާ ފެނަކީ އެއްގޮތަށް ވުރެ ގިނަގޮތުން ހަށިގަނޑަށް ފައިދާ ކުރާ ފައިދާ ހުރި ބުއިމެކެވެ.

ކުރުނބާ ފެން -- ފޮޓޯ ގޫގުލް

ހަންގަނޑު ކުރަކިވެ ހަންގަނޑު ހަޑިވުމުގެ މައްސަލަ މެދުވެރިވޭ ހެއްޔެވެ؟ އެހެންކަމަށްވާ ނަމަ ކޮޓަން ފޮތިކޮޅަކުން ކުރުބާފެން ގައިގައި އުނގުޅާށެވެ. އޭރުން ހަންގަނޑު ތާޒާވެ ސާފުވާނެ އެވެ. ކުރުނބާފެން ހަންގަނޑުގައި އުނގުޅާ ނަމަ ހަންގަނޑުގައި ހުންނަ ލޯވަޅުތަށް ހުޅުވި ހަންގަނޑަށް ތާޒާކަން ލިބިގެންދެ އެވެ. އޭގެއިތުރުން ކުރުބާފެނުގެ ތެރެއަށް ޒައިތޫނިތެޔޮ އެއްކުރުމަށް ފަހު ބުއިމުން ފަނިވުމުގެ ބަލިން ރައްކާތެރިވެ، ދިފާއީ ނިޒާމު ސާފުވެގެން ދެ އެވެ.

އޭގެ އިތުރުން ވެސް ހަންގަނޑު ތާޒާކޮށް ބަހައްޓަން ބޭނުން ނަމަ ދުވާލަކު އެއްތަށި ކުރުނބާ ފެނުން ފުދޭނެ އެވެ. އޭގެ އިތުރުން މާގިނައިރު ބުރަ މަސައްކަތުގައި އުޅޭ ނަމަ ކުރުނބާފެން ބުއިމުން ހަށިގަނޑު ވަރުގަދަވެ ހަށިގަނޑަށް ބާރު ލިބިގެންދެ އެވެ. އަދި ހަށިގަނޑުގެ ކޮންމެ ގުނަވަނެއް ތާޒާކޮށްދެ އެވެ.

ތަޖުރިބާކާރުންގެ ދިރާސްތަކުން ދައްކާގޮތުން މާބަނޑު ދުވަސްވަރު ދިމާވާ ސިއްހީ މައްސަލަތައް ކުރުނބާފެން ބުއިމުން ހައްލުވެގެން ދެ އެވެ. އެގޮތުން ކޮންމެ ދުވަހަކު ހެނދުނު ކުރުނބާ ފެންތައްޓެއް ބޯނަމަ ކަންބޮޑުވުމާއި ހާސްކަންފިލައި، ލޭ މައްޗަށް ދިއުން ހައްލުވާނެ އެވެ.

މައުލޫމާތު: ހެލްތު ޓިޕް ސޯސަސް