މިނިސްޓްރީން ކަނޑައަޅާ މަގުތަކުގައި ހެލްމެޓު އަޅައިގެން ސައިކަލް ދުއްވަންޖެހޭ ގޮތަށް ކަނޑައެޅުމަށްޓަކައި އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ހުށަހެޅުއްވި އިސްލާހުގައި ވަނީ މިނިސްޓްރީ އިން އެކަމަށް ހަދާ ގަވާއިދުގައިވާ ގޮތުގެ މަތީން އެއްގަމު އުޅަނދު ދުއްވުމަށް ކަނޑައަޅާފައިވާ މަގުމަތަކުގައި ދެފުރޮޅިލީ އެއްގަމު އުޅަނދު ދުއްވަން ވާނީ ހެލްމެޓު އަޅައިގެން ކަމަށެވެ.

އެބިލާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ޒިޔާޒު ވިދާޅުވީ ގާނޫނަށް އެ އެ އިސްލާހު ހުށަހެޅީ މިފަހަކަށް އައިސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި އެކްސިޑެންޓުތައް ހިނގައި ގިިނަ އަދަދަކަށް މީހުންގެ ފުރާނަ ގޮސް، ބައެއް މީހުން ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ނުކުޅެދޭ މީހުންނަށްވަމުންދާތި ކަމަށެވެ.

އެފަދަ އިސްލާހެއް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ހުށަހަޅާފައިވާއިރު މިދިޔަ އަހަރާއި މިއަހަރު ހިނގި ތަފާތު އެކި އެކްސިޑެންޓުތަކުގައި އައްޑޫ ސިޓީގައި އެތައް ބަޔަކު ވަނީ ނިޔާވެފައެވެ.