22 Apr 2015, 15:40
އެޗްއެސްބީސީ ގައި ހުޅުވާފައިވާ އެކައުންޓްތަކުގެ ތެރެއިން އެކައުންޓުން އެއްވެސް މުއާމަލާތެއް ނުހިނގާތާ ފަސް އަހަރު ވެފައިވާ އެކައުންޓްތަކުގެ ވެރިފަރާތުން 60 ދުވަހުގެ ތެރޭގައި އެ ބޭންކަށް ނައަންގައިފިނަމަ އެ އެކައުންޓެއް އުވާލާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.
އެކައުންޓު އުވާލުމަށްފަހު ރާއްޖޭގެ ބޭންކިންއާ ބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އެ އެކައުންޓެއްގައި ހުރި ފައިސާ ފޮނުވާނެ ކަމަށް އެޗްއެސްބީސީ އިން ބުންޏެވެ.
ބޭނުންނުކުރާތާ ފަސް އަހަރު ވެފައިވާ އެކައުންޓްތަކުގެ ވެރިފަރާތުން އެ އެކައުންޓު އުވާލަން ބޭނުންނުވާނަަމަ އައިޑީ ކާޑާއި އެކު ރަސްމީ ގަޑީގައި ބޭންކަށް ގޮސް އެކަން އެންގުމަށް އެޗްއެސްބީސީން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެކައުންޓުން އެއްވެސް މުއާމަލާތެއް ނުހިނގާ 56 އެކައުންޓްގެ ނަން އެ ބޭނުންކުން މިއަދު ވަނީ ގެޒެޓްކޮށްފައެވެ.