22 Apr 2015, 13:25
މިރެ އާއި މާދަމާ ރޭ "ލައިރިޑް މީޓިއާ ޝަވާ" ނުވަތަ ގިނިހިލައިގެ ވާރޭ ދުނިޔޭގެ ވައިގެ ތެރެއަށް ފައިބާ މަންޒަރު ރާއްޖޭގެ ވެރިރަށް މާލެއަށް ނުފެނިދާނެ ކަމަށް ބައެއް ތަޖުރިބާކާރުން ބުނެފިއެވެ.
ސައިންސުގެ ދިރާސާތަކާއި މައުލޫމާތުތައް ފޯރުކޮށްދިނުމުގައި "ސައިންސް އެންމެންނަށް" ހަރަކާތުން ބުނީ މިރޭ 11 ފަހުން ރާއްޖެއަށް ގިނިހިލައިގެ ވާރޭ ރާއްޖެއަށް ފެންނާނެ ކަމަށް ބެލެވޭއިރު، މާލެ ސަރަހައްދުގެ އުޑުމަތި ބަނަވެފައިވާތީ މާލެއަށް ލައިރިޑް މީޓިއާ ޝަވާ ފެންނާނެ ކަމަށް ނުބެލެވޭ ކަމަށެވެ.
"މޫސުން ހުރި ގޮތަކުން އެކަހަލަ އެއްވެސް ކަމެއް [ގިނި ހިލަައިގެ ވާރޭ] އެއްވެސް ކަމެއް ނެތް. މޫސުން ހުރި ގޮތުން ވަރަށް ކްލައުޑީ ގޮތަށް އޮތީ އެހެންވީމަ އަޅޫގަނޑުމެންނަކަށް ހިޔެއްނުވޭ ސާފު ވާނެ ހެނެއް،" ސައިންސް އެންމެންގެ އެޑްމިނުން ބުންޏެވެ.
ރާއްޖޭގެ އެހެން ސަރަހައްދުތަކަށް އެ ފެންނާނެ ކަމަށާއި ނަމަވެސް ފެންނާނީ މޫސުން ސާފު ސަރަހައްދުތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ގިނި ހިލައިގެ އަދަދު މިރޭ، 20 އިން 100 އަށް ދެރޭ ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޮންލައިން ނޫހެއް ކަމަށްވާ އާރުޓީ އިން ވަނީ ބުނެފަ އެވެ. މި މަހުގެ 16 އިން ފެށިގެން ގިނިހިލައިގެ ވާރޭ ދުނިޔޭގެ ފަށަލައިގެ ތެރެއަށް ވަދެ، ގޮވަމުންދެ އެވެ. ނަމަވެސް މިރެ އާއި މާދަމާ ރޭ ގިނަ އަދަދަކަށް ގިނި ހިލައިގެ ވާރޭ ވެހޭ މަންޒަރު ހަމަލޮލަށް ފެންނާނެ އެވެ.
ލައިރިޑްގެ ގިނިހިލަ ވާރެއަކީ މިހާރު ހިނގަމުން އަންނަ އެންމެ ދުވަސްވީ އެއް އެސްޓްރޯނޮމިކަލް އިވެންޓް އެވެ. އެގޮތުން މިހާތަނަށް އެންމެ ގިނައިން އެއް ގަޑިއިރު ތެރޭގައި ގިނަ ފެނުން ކަމަށް ރެކޯޑު ކުރެވިފައިވަނީ 1982 ގައެވެ. އެ އަހަރު ވަނީ ގަޑިއިރެއްގެ ތެރޭގައި 90 އަށް ވުރެ ގިނައިން ގިނިހިލަ ފެނިފަ އެވެ.