22 Apr 2015, 12:08
މިރެ އާއި މާދަމާ ރޭ "ލައިރިޑް މީޓިއާ ޝަވާ" ނުވަތަ ގިނިހިލައިގެ ވާރޭ ދުނިޔެއަށް ވެހޭނެ ކަމަށް ސައިންސްވެރިން ބުނެފި އެވެ.
ގިނިހިލައިގެ ވާރޭ ދުނިޔޭގެ ބިމަށް ނުފައިބާނެ އެވެ. ނަމަވެސް ޖައްވުމުގެ ތެރޭގައި ގިނަ ހިލަތައް ގޮވުމުން އުފެދޭ ދުންތައް މިރޭ ދަންވަރުން ފެށިގެން ރާއްޖެއަށް ވެސް ފެންނާނެ އެވެ. ގިނިހިލައިގެ ވާރޭ ބެލުމަށް ޓެލެސްކޯޕްތަކާއި ބައިނޯކިއުލާސްއެއް ބޭނުމެއް ނުވާނެ އެވެ. ހަމަލޮލަށް ގިނި ހިލައިގެ ވާރޭ ފެންނާނެ އެވެ.
ގަޑިއިރެއްގެ ތެރޭގައި 10 އާއި 20 ގިނިހިލަ ފެންނާނެ ކަމަށް ވެސް ސައިންސުވެރިން ވަނީ ބުނެފައެވެ.
ގިނިހިލައިގެ އަދަދު މިރޭ، 20 އިން 100 އަށް ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޮންލައިން ނޫހެއް ކަމަށްވާ އާރުޓީ އިން ވަނީ ބުނެފައެވެ. މި މަހުގެ 16 އިން ފެށިގެން ގިނިހިލައިގެ ވާރޭ ދުނިޔޭގެ ފަށަލައިގެ ތެރެއަށް ވަދެ، ގޮވަމުންދެ އެވެ. ނަމަވެސް މިރެ އާއި މާދަމާ ރޭ ގިނަ އަދަދަކަށް ގިނި ހިލައިގެ ވާރޭ ވެހޭ މަންޒަރު ހަމަލޮލަށް ފެންނާނެ އެވެ.
އަނދިރި ސަރަހައްދުތަކުގައި ގިނި ހިލައިގެ ވާރޭ ސާފުކޮށް ފެންނާނެ އެވެ.
ގިނަ ސައިންސުވެރިން ދެކޭ ގޮތުގައި ގިނިހިލައިގެ ވާރޭ އެންމެ ބޮޑަށް ފެނިގެން ދާނީ މިރޭ ދަންވަރުން ފެށިގެން ފަތިސްވުމާ ދޭތެރޭގަ އެވެ.
ކޮންމެ އަހަރަކު އޭޕްރިލް މަހުގައި ފެންނަ ލައިރިޑް ގިނިހިލަ ވާރޭ އަކީ ދުނިޔެ، "ތެޗާ ކޮމެޓް" ކައިރިން ހުރަސް ކުރުމުގެ ސަބަބުން ހިނގާ ކަމެކެވެ. އެ ގިނިހިލަތަކަކީ ކޮމެޓުގެ އެތިކޮޅުތަކެވެ.
ލައިރިޑްގެ ގިނިހިލަ ވާރެއަކީ މިހާރު ހިނގަމުން އަންނަ އެންމެ ދުވަސްވީ އެއް އެސްޓްރޯނޮމިކަލް އިވެންޓް އެވެ. އެގޮތުން މިހާތަނަށް އެންމެ ގިނައިން އެއް ގަޑިއިރު ތެރޭގައި ގިނަ ފެނުން ކަމަށް ރެކޯޑު ކުރެވިފައިވަނީ 1982 ގައެވެ. އެ އަހަރު ވަނީ ގަޑިއިރެއްގެ ތެރޭގައި 90 އަށް ވުރެ ގިނައިން ގިނިހިލަ ފެނިފަ އެވެ.