23 Feb 2011, 16:58
ތ. ބުރުނީ ރަށު ކައުންސިލަރު ކަމަށް އަމިއްލަ ގޮތުން ހޮވުނު ދެ ކައުންސިލަރަކު ވެސް އެމްޑީޕީއަށް ސޮއިކޮށް، ބުރުނީ ރަށު ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީ ހޯދައިފި އެވެ.
ބުރުނީ ރަށު ކައުންސިލަރު ކަމަށް އެމްޑީޕީގެ ދެ ކެންޑިޑޭޓަކު ހޮވިފައިވަނިކޮށް، އަމިއްލަ ގޮތުން އެ ރަށު ކައުންސިލަރު ކަމަށް ހޮވުނު ދެ މެންބަރުން ކަމުގައިވާ މުހައްމަދު ޝިމްނާޒް އާއި އާދަމް މުހައްމަދު އެމްޑީޕީ އަށް ސޮއިކޮށްފައިވާ ކަމަށް އެ ޕާޓީން މިއަދު ބުންޏެވެ.
ފަސް ކައުންސިލަރުންގެ މައްޗަށް އެކުލެވިފެންވާ ބުރުނީގެ ކައުންސިލްގެ މެޖޯރިޓީ ހަތަރު މެންބަރުންނާ އެކު އެމްޑީޕީ ވަނީ މިހާރު ހޯދައިފަ އެވެ.
ބުރުނީގެ ރަށު ކައުންސިލަރު ކަމަށް އަމިއްލަ ގޮތުން ހޮވުނު ދެ މެންބަރަކު ސޮއިކޮށްފައިވާއިރު، ގއ. ކޮނޑޭގެ ރަށު ކައުންސިލަރު ކަމަށް ހޮވުނު ދެ މެންބަރަކު ވެސް އިއްޔެ ވަނީ އެމްޑީޕީއަށް ސޮއިކޮށްފަ އެވެ.