ކުރީގެ ރައީސުލްކުމްހޫރިއްޔާ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހިންމަފުށީ އައްސޭރި ޖަލަށް ބަދަލުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރައީސް ނަޝީދު ދޫނިދޫ އިން ހިންމަފުށީ އައްސޭރިޖަލަށް ބަދަލުކޮށްފައި ވަނީ މިއަދު ކަމަށެވެ. އެމަނިކުފާނު ހައްޔަރު ކުރިފަހުން މިހާތަނަށް ބަހައްޓާފައި ހުންނެވީ ދޫނިދޫގަ އެވެ.

ހޯމް މިނިސްޓަރު އުމަރު ނަސީރު ކުރިން ވިދާޅުވެފައި ވަނީ ރައީސް ނަޝީދަށް ޚާއްސަ ތަނެއް މާފުށީ ޖަލުގައި ތައްޔާރުކުރެވެންދެން އެމަނިކުފާނު ބަހައްޓާނީ ދޫނިދޫގައި ކަމަށެވެ.

ރައީސް ނަޝީދު ބަހައްޓާނެ ޚާއްސަތަނެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ ބުނެފަ އެވެ.