21 Apr 2015, 12:48
ހުޅުމާލޭ ކުނިގޮނޑުގައި އަލިފާން ރޯވެއްޖެ އެވެ.
"ސަން" އަށް މައުލޫމާތު ދެއްވަމުން އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާހިދު ވިދާޅުވީ ކުނިގޮނޑުގައި އަލިފާން ރޯވީ ރޭ ފަތިހު ކަމަށެވެ. އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުގެ އެހީއާއެކު އަލިފާން ނިއްވާލެވުނީ އިރުއެރިފަހުން ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ސަރަހައްދުން، ކޮންމެވެސް ވަރަކަށް ދުން އަރަމުން އަންނަ ކަމަށާއި އެ އަލިފާނުގެ ސަބަބުން އެއްވެސް ފަރާތަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގިނަ އަދަދަކަށް ކުނި އެ ސަރަހައްދުގައި ހުންނައިރު އަލިފާނުގެ ހާދިސާ ހިނގުމަށް ދިމާވި ސަބަބެއް ނޭނގޭ ކަމަށެވެ.