21 Apr 2015, 12:40
މޭވާ އާއި ތަރުކާރީއަށް ބޮޑެތި ގެއްލުންތަކެއް ދޭ ނުރައްކާތެރި ސުއިތްޕެއް ކަމަށްވާ ފުރުޓް ފްލައި ރާއްޖެއިން ފެނިއްޖެ އެވެ.
ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީ އިން މިއަދު ބުނީ ށ. ފީވަކުގެ އަނބުގަސްތަކުގައި ހުރި އަނބުގައި ފަންޏެއް އަޅައިގެން ރިޕޯޓް ކުރުމުން އެ މިނިސްޓްރީން ގެ ޓީމެއް އެ ރަށަށް ގޮސް ބެލިބެލުމުން އެ ގަސްތަކުގެ އަނބުގައި އަޅާފައިވާ ފަންޏަކީ ފްރުޓް ފްލައިގެ ފަނިކަން ޔަގީން ވެފައިވާ ކަމަށެވެ. އެ ރަށުން ފެނިފައި ވަނީ އެންމެ ނުރައްކާތެރި އެއް ބާވަތުގެ ފުރުޓްފްލައި ކަމަށް ފިޝަރީޒް މިނިސްޓުރީން ބުންޏެވެ.
"އެ ރަށުގައި އަނބު ހައްދާ މީހުންނާއި ވާހަކަ ދައްކާލުމުން އެމީހުންނަށް ކުޑަކުޑަ މެއްސެއް އަނބުގައި ޖައްސާތަން ފެންނަކަމުގައި ބުންޏެވެ... މި ރަށުން ފެނުނު ފުރުޓްފްލައިގެ ވައްތަކީ އޮރިއެންޓަލް ފުރުޓްފްލް، މިއީ ފުރުޓްފްލައިގެ ވައްތަރުތަކުގެ ތެރެއިން އެންމެ ނުރައްކާތެރި އެއް ވައްތަރުގެ ފްރުޓްފްލް" ފިޝަރީޒް މިނިސްޓުރީއިން ބުންޏެވެ.

މިނިސްޓުރީއިން ބުނީ ފީވަކުގެ އިތުރުން އެހެން ރަށްރަށުގައި މިބަލީގެ އަސަރު ހުރިތޯ ބަލަމުން އަންނަ ކަމަށާއި އެގޮތުން އެއް ރަށުން އަނެއް ރަށަށް މޭވާ ގެންދާއިރު ރަނގަޅަށް ބަލާ ސަލާމަތީ ގޮތުން ކުރަން މިނިސްޓްރީން އަންގަވާ މިންގަޑުތަކަށް ސާފްކުރުން ވަރަށް މުހިންމެވެ.
ފުރުޓްފްލައި އަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި އުޅޭ އަދި އޭގެ ސަބަބުން އެ ގައުމެއްގައި ހައްދާ މޭވާ އާއި ތަރުކާރީއަށް އެންމެ ބޮޑަށް ގެއްލުންދޭ ސުއިތްޕެކެވެ. އޭގެ ސަބަބުން ގަހުން ލިބޭ ގޮވާމުގެ 90 ޕަސެންޓް ނުވަތަ 100 ޕަސެންޓް ގެއްލޭ ކަމަށް ބުންޏެވެ. ގެއްލުންދޭ މޭވާތަކުގެ ތެރޭގައި އަނބު، ޖަނބުރޯލު، ފަޅޯ، ފޭރު، މިރުސް، ލުނބޯ، ޓޯމާޓޯ، ކެޕްސިކަމް، ބަނބުކެޔޮ، ކިއުކަމްބާ އަދި އެކިވައްތަރުގެ މޭވާ އާއި ތަރުކާރީ ހިމެނޭ ކަމަށް ބުންޏެވެ.
މިނިސްޓުރީން ބުނީ އެ ސޫތްޕަކީ އޭގެ ސަބަބުން ރާއްޖޭގެ ދަނޑުވެރި ކަމަށް ވަރަށް ނޭދެވޭ އަސަރުކުރާނެ ސޫތްޕެއް ކަމަށާއި އެ ސުއިތްޕަކީ ނައްތާލެވޭނެ އެއްޗެއް ނޫން ކަމަށެވެ.
އެ ސޫފި އަޅައިފި އަނބުން ފެންނަ އަލާމާތައް ބަލާއިރު ފާވެ ކަޅުވެފައި ހުންނަ ބޮޑެތި ލައްގަނޑު ހުންނާނެ ކަމަށާއި އަދި މޭވާ އިން ފަނި ނުކުތް ލޯވަޅުތައް ވެސް ފާހަގަވާން ހުންނާނެ ކަމަށް މިނިސްޓުރީން ބުންޏެވެ. ދުނިޔޭގައި ފުޅާ ދާއިރާއެއްގައި އަނބު ހައްދާ ގައުމުތަކަށް ބަލާއިރު، އަނބު މުސުމުގައި ފްރުޓް ފްލައިގެ ސަބަބުން ކޮންމެ 10 އަނބަކުން 8 އަނބު މާކެޓުގައި ނުވިއްކޭވަރަށް ހަލާކުވެއެވެ.
ފްރުޓްފްލައި ކޮންޓްރޯލުކުރުމަށް އެ ފަނީގެ ގެއްލުން ވަރަށް ބޮޑަށް ކޮށްފައިހުންނަ އަނބު އަދި ބިން މައްޗަށް ވެއްޓިފައި ހުންނަ އަނބުތައް ނަގާ އަންދާލުން ނުވަތަ ބިމުއަޑީގައި ވަޅުލުން މުހިންމު ކަމަށް ފިޝަރީޒް މިނިސްޓުރީން ބުންޏެވެ. އަދިވެސް މިފަދަ އެތައް ވައްތަރެއްގެ ޓްރެޕް ބޭނުންކޮށްގެން މީގެ އާބާދީ ދަށްކޮން މިކަމުގެ ސަބަބުން މޭވާ އާއި ތަރުކާރީއަށް ލިބޭ ގެއްލުން ކުޑަކުރެވިދާނެ ކަމަށް އެ މިނިސްޓުރީން ބުންޏެވެ.
"މީގެ އިތުރުން ހޮޓް ވޯޓަރ ޓްރީޓްމަންޓް އަނބަށް ދެވޭނެ ނިޒާމެއް ޤާއިމުކުރުން މުހިންމެވެ. މިގޮތުން ފްރުޓްފްލައިގެ އަލާމާތްތައް ފެންނަ ގަހުން އަނބު ދޮންނުވަނީސް [ފެހިކޮށް ހުއްޓާ] ބިނދެފައި 48 ޑިގްރީސްގައި 60 މިނެޓަށް ބެހެއްޓުމުން އަނބުގައި އުޅޭފަނި މަރުވެ ފްރުޓްފްލައި އިތުުރަށް ފެތުރުވުން ހުއްޓުވުމަށް އެހީ ވެދޭނެ،" މިނިސްޓުރީން ބުންޏެވެ.