"ވާނާ ބްރޮސް ވޯލްޓް" ޓީވީ ސީރީސްތައް ގެނެސްދިނުމުގައި މަޝްހޫރު "ވާނާ ޓީވީ އެޗްޑީ" މީޑިއާ ނެޓުން މިއަދު ލޯންޗްކޮށްފި އެވެ.

މީޑިއާނެޓުން ބުނީ ޔޫއެސްއޭއަށް ސީރީސްތަކުގެ ތަފާތު އެޕިސޯޑުތައް ލޯންޗްކުރާ ހަފްތާގައި މީޑިއާނެޓުގެ ވާނާ ޓީވީން ވެސް ފުލް އެޗްޑީ ކޮށް ޓީވީ ސީރީސްތައް ފެންނާނެ ކަމަށެވެ.

ދުނިޔޭގެ އެތައްބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ޓީވީ ސީރީސްތައް ވާނާ ޓީވީން މިހާރު ވެސް ދައްކަމުން ގެންދެ އެވެ.

އޭގެތެރޭގައި ބިގްބޭންގް ތިއޮރީ، ގޯތަމް، ދަ މެންޓަލިސްޓް، ދަ އޮރިޖިނަލްސް، ޓޫ ބްރޯކް ގާލްސް، ޕްރިޓީ ލިޓްލް ލަޔާސް، އައިޒޮމްބީ، އެރޯ، ޕާސަން އޮފް އިންޓަރެސްޓް، ދަ ވެމްޕަޔާ ޑަޔަރީސް، އޯލްމޮސްޓް ހިއުމަން އަދި ފްރެންޑްސް ގެ އިތުރުން މަގުބޫލު ޓީވީ ސީރީސްތައް ހިމެނެ އެވެ.

މީޑިއާނެޓް ކަސްޓަމަރުންނަށް ވާނާ ޗެނަލްގެ ޗެނަލް ނަންބަރަކީ 818 އެވެ. މީޑިއާނެޓުން ބުނީ އިތުރު ފީއަކާ ނުލައި ބެޒިކް އެޗްޑީކޮށް އެ ޓީވީ ބަލާލެވޭނެ ކަމަށެވެ.

މީޑިއާނެޓުން ވަނީ ދާދި ފަހުން ކުޑަކުދިންނަށް ހާއްސަ ޗެނަލެއް ކަމަށްވާ ޒޫމޫ ޗެނަލް ލޯންޗްކޮށްފަ އެވެ.