20 Apr 2015, 09:43
މާރާމާރީގެ މައްސަލައަކާ ގުޅިގެން ފުލުހުން ހޯދަމުން ދިޔަ ތ. ތިމަރަފުށީ، ކަށިމާގެ މުހައްމަދު ހައްސާން ގެސްޓް ހައުސް އެއްގެ ތެރެއިން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ހައްސާން އަތުލައިގަނެފައި ވަނީ ހެންވޭރު ހުންނަ ގެސްޓް ހައުސްއެއްގެ ރޫމެއްގެ ތެރޭގައި ހުއްޓައި ރޭ 10:10ގައި ކަމަށެވެ.
ހައްސާން ހޯދަން އިއުލާން ކުރީ، މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ ޗާނދަނީމަގު ރިފްސައިޑް ކައިރީގައި ހިނގި މާރާމާރީގެ މައްސަލައަކާ ގުޅިގެންނެވެ.
ހައްސާން އަކީ ރާއްޖެ ޓީވީގައި ރޯކޮށްލި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހެކެވެ. އަދި އެ މައްސަލައާ ގުޅިގެން އޭނާގެ މައްޗަށް ވަނީ ދައުވާ ކުރުމަށް ޕީޖީ އަށް ވެސް ފޮނުވާފަ އެވެ.