ކޮންމެ އަހަރަކު ވެސް ރޯދަމަހަށް ހާއްސަކޮށް ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ކޮލިޓީ ރަނގަޅު އުފެއްދުންތައް ފޯރުކޮށްދިނުމުގެ ބޭނުމުގައި އެސްޓީއޯ އިން ބާއްވަމުން އަންނަ ރަމަޒާން ސޭލް މިއަދު ފަށައިފި އެވެ.

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގައި ކުރިއަށްދާ ޕްރޮމޯޝަންގައި ފިލިޕްސް ބްރޭންޑުގެ ބަދިގޭގައި ގެންގުޅޭ ސާމާނުތަކާއި އިސްތިރި ފަދަ ތަކެތި ހެޔޮ އަގެއްގައި ލިބޭ އިރު އެތަނުން ގަންނަ ކޮންމެ ޕްރޮޑަކްޓަކަށް 30 ޕަސެންޓުގެ ޑިސްކައުންޓެއްގެ އިތުރުން އެކިއެކި ހަދިޔާތައް ލިބެ އެވެ.

އެސްޓީއޯ ހޯމް އިންޕްރޫވްމަންޓުގައި ފިލިޕްސް ބްރޭންޑުގެ އުފެއްދުންތަކެއް ބަހައްޓާފައި ------ ސަން ފޮޓޯ/ އަލީ ނަސީރު

އެސްޓީއޯ އިން ބުނީ ޕްރޮމޯޝަން ކުރިއަށްދާ އިރު އެ ކުންފުނިން ވިއްކާ ހިޓާޗީ އެއާކޯނަށް ވެސް ހާއްސަ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ. އަދި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ގަންނަ އެއާކޯން އަދި ރެފްރިޖިރޭޓަރު ފަދަ ތަކެތި ގެތަކާ ހަމައަށް ގެންގޮސްދިނުމުގެ ހިދުމަތް ވެސް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

"ޕްރޮމޯޝަން ތެރޭގައި ފިލިޕްސް އެއާ ފްރަޔާ ބައްލަވާގަތުމުން ބްލެންޑާ އަކާ ޓޯސްޓަރެއް ހިލޭ ލިބޭނެ،" އެސްޓީއޯ އިން ބުންޏެވެ.

ޕްރޮމޯޝަން އެސްޓީއޯގެ އަތޮޅުތެރޭ ފިހާރަތަކުގައި ވެސް ކުރިއަށްދާ އިރު ޕްރޮމޯޝަންގެ މުއްދަތަކީ މިއަދުން ފެށިގެން ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.