ހެލްތު މިނިސްޓްރީ އާއި އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އިތުރުން ހޯމް އެފެއާޒްގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ތިން ބޭފުޅަކު އައްޔަންކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ، މިނިސްޓަރު އޮފް ސްޓޭޓް ފޮރ ހެލްތް އެންޑް ފެމިލީ ކަމަށް އައްޔަންކުރައްވައިފައި ވަނީ މިހާތަނަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ )އެންސްޕާ(ގެ ޗެއާމަނަށް ހުންނެވި އިބްރާހީމް ވަހީދެވެ.

އަދި މިނިސްޓަރު އޮފް ސްޓޭޓް ފޮ އިކޮނޮމިކް ޑިވެލޮޕްމަންޓް ކަމަށް ހަމަޖެއްސެވީ އެ އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓާގެ ނައިބުގެ މަގާމުގައި ހުންނެވި އަޙްމަދު ޢިނާޒެވެ. ހޯމްއެފެއާޒްގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރެއްވީ މިނިސްޓަރު އޮފް ހޯމްއެފެއާޒްގެ ނައިބުކަމުގެ މަގާމުގައި ކަމުގެ މަގާމުގައި ހުންނެވި މައްޗަންގޮޅީ ދޭދަރުގޭ މުޙަންމަދު ފިރާޤެވެ.

ރައީސް އޮފީހުން ބުނީ، ހަތަރު ވުޒާރާއަކަށް މިނިސްޓަރުގެ ނައިބުގެ ފެންވަރުގައި ހަތަރު ބޭފުޅުކަ ވެސް އައްޔަންކުރައްވައިފައިވާ ކަމަށެވެ.

އެގޮތުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ރަޖިސްޓްރާ ޖެނެރަލް އޮފް ޝިޕިންގެ މަގާމަށް އާދަމް ނަޞީރު ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފައިވެ އެވެ. އޭނާ މިހާތަނަށް ހުންނެވީ، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ސްޓޭޓް މިނިސްޓަރުގެ ނައިބު ކަމުގެ މަގާމުގަ އެވެ.

މީގެއިތުރުން، ސަޢޫދީޢަރަބިއްޔާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގެ ޑެޕިއުޓީ ހައިކޮމިޝަނަރގެ މަގާމަށް، ގަލޮޅު ޕެންޒީމާގެ ޢާއިޝަތު ޝާން ޝާކިރާއި، ޖަޕާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ޑެޕިއުޓީ ހައިކޮމިޝަނަރގެ މަގާމަށް ގަލޮޅު ދަނބުކޮކާ އަޙްމަދު ޢާދިލާއި، އަދި ބްރަސަލްސްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ކޮންސަލްގެ މަގާމަށް ހެންވޭރު ގްރީން، ސާރާ އެންޓޮނޭޓް މާހިރު ޢައްޔަން ކުރައްވައިފައިވެ އެވެ.