ވީނުވީއެއް ނޭނގިގެން ވިލިމާލެއިން ހޯދަމުންދިޔަ ޒުވާނާ ޖަލުގައި ހުއްޓައި ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސ.ހިތަދޫ، ޑިވައިންޓެސްޓް، ހުސައިން ފިޔާޒް 34، ގެއްލިގެން ހޯދަމުން ދަނިކޮށް، އޭނާ ޖަލުގައި ހުރިކަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ޔަގީންކޮށްދީފައިވާ ކަމަށެވެ.

އޭނާ ޖަލުގައި ހުރީ ޑްރަގް ކޯޓުން ކޮށްފައިވާ ހުކުމެއް ތަންފީޒު ކުރުމުގެ ގޮތުން ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ހުސެއިން ފިޔާޒު ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ 3:00 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.