އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއް ކުއްލި ހާލަތުގައި އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު( އައިއެންއޭ)ގައި ޖައްސައިފިއެވެ.

އެނގިފައިވާ ގޮތުގައި އެމެރިކާގެ ބޯޓް މިއަދު ހަވީރު 4.00 އެހާ އިރު ކުއްލި ހާލަތުގައި އައިއެންއޭއަށް ޖެއްސީ ޓެކްނިކަލް މައްސަލައެއް ދިމާވެގެންނެވެ. ނަމަވެސް އެބޯޓަށް ދިމާވީ ކޮން މައްސަލައެއް ކަމެއް ނޭނގެއެވެ.

އެއާޕޯޓުން ވާހަކަ ދެއްކި މީހަކު ބުނީ މަތިންދާބޯޓް ޖެއްސުމަށް ޓަކައި އެއާޕޯޓްގައި އިއުލާނު ކުރި ކުއްލި ހާލަތު، އެބޯޓް ޖެއްސުމާއި އެކު ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.

ހާދިސާއާއި ބެހޭ ގޮތުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ( އެމްއެންޑީއެފް) އިން އަދި އެއްވެސް މައުލޫމާތެއް ނުދެއެވެ.