23 Feb 2011, 12:01
އިންޑިޔާގެ އެއާލައިން ކިންގް ފިޝާގެ ބޯޓުތައް ރާއްޖެ އުދުހުމުގެ ހުއްދަ އަންނަ މަހުގެ 21 ފެށިގެން ދީފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ހަސަން ޖަލީލް މިއަދު ވިދާޅުވީ އަންނަ މާޗް މަހުގެ 21 އިން ފެށިގެން ހަފްތާއަކު ފަސް ދުވަހު ބޮމްބޭ އިން މާލެ އަށް އުދުހުމުގެ ހުއްދަ މިހާރު އެ ކުންފުންޏަށް ދީފައިވާ ކަމަށެވެ.
އެ ކުންފުންޏަށް ހުއްދަ ދީފައި ވަނީ މި ދިޔަ ހޯމަ ދުވަހު ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.
ކިންގް ފިޝާ އިން ރާއްޖެ އަށް އުދުހޭނީ އެ އެއާ ބަސް އޭ 320 ބޯޓެއްގައި ކަމަށް އިންޑިޔާގެ އޮންލައިން ނޫސްތަކުން ބުނެ އެވެ.
އެއާ އިންޑިޔާ އިން މިހާރު ވެސް އަންނަނީ ރާއްޖެ އިން ޑްރެވިންޑުރަމް އަށާއި ބެންގަލޫރަށް އުދުހެމުންނެވެ.