ޤުރުއާން ކިޔެވުމަކީ މާތް ކަމެއް ކަމަށާއި ކުދި ބޮޑު އެންމެންގެ މެދުގައި ޤުރުއާނަށް ލޯބި ޖެއްސުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަދި ސަން ފައުންޑޭޝަންގެ މުއައްސިސް އަހުމަދު ސިޔާމު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ދ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި ސަން ފައުންޑޭޝަނުން ދ. އަތޮޅު ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް މިއަދު މީދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިޔާމު ވިދާޅުވީ ހުރިހާ ރައްޔިތުންގެ މެދުގައި ޤުރުއާނަށް ލޯބި ޖެއްސުމާއި އަދި ރީތިކޮށް ތަޖުވީދު މަގުން ޤުރުއާން ކިޔަވަން ދަސްކުރުމަކީ މުހިންމުކަމެއް ކަމަށެވެ.

ސަން ފައުޑޭޝަނުން އިންތިޒާމުކޮށްގެން ބޭއްވި ދ. އަތޮޅު ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަންފޮޓޯ -

"އަޅުގަނޑުމެންގެ ރާއްޖޭގައި ސައްތައިން ސައްތަ މުސްލިމު ގައުމަކަށް ވާހިނދު އަޅުގަނޑުމެންގެ ރާއްޖޭގެ ކޮންމެ ކުދި ބޮޑު ކޮންމެ ރައްޔިތެއްގެ މެދުގައި ގުރުއާނަށް ލޯބި އުފެއްދުމަކީ ކޮންމެހެން އަޅުގަނޑުމެންކުރަން މުހިންމު ކަމެއް،" ސިޔާމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ މުސްލިމުން ކަމުގައި ވާހިނދު، އަޅުގަނޑުމެންގެ ރާއްޖޭގެ ކޮންމެ ރަށެއްގެ ކޮންމެ މުޖުތަމައުއެއްގެ މަދުގައި އަޅުގަނޑުމެން އެބަޖެހޭ ރީތިކޮށް ޤުރުއާން ކިޔަވަން ދަސްކުރަން." ސިޔާމު ވިދާޅުވި އެވެ.

ޤުރުއާން ކިޔެވުމުގެ މާތްކަން ބެލެނިވެރިން ކުދިންނަށް އަންގައިދޭން ޖެހޭ ކަމަށް ވެސް ސިޔާމު ވަނީ ވިދާޅުވެފަ އެވެ.

"ޤުރުއާނުން ލިބޭނެ އުފާވެރިކަމާއި ފައިދާ އަދި ނުބައި މީހުންގެ ކިބައިން ސަލާމަތްވުމަށް ގުރުއާން ކިޔެވުމުގެ މުހިންމުކަން ކުދިންނަށް އަންގައިދޭން ޖެހޭ،" ސިޔާމް ވިދާޅުވި އެވެ.

ސަން ފައުޑޭޝަނުން އިންތިޒާމުކޮށްގެން ބޭއްވި ދ. އަތޮޅު ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަންފޮޓޯ -

ޣީބަ ބުނުމުގެ ނުބައިކަން ފާހަގަކުރައްވައި ސިޔާމު ވިދާޅުވީ މީހުންގެ ނުބައި ވާހަކަ ދައްކާ މީހުންނަށް ވަރަށް ބޮޑު ފާފަ ލިބޭނެ ކަމަށާއި އެހެންނަމަވެސް އެ ވާހަކަ ރައްދުވާ މީހާ އަށް އެލިބެނީ ވަރަށް ބޮޑު ފައިދާއެއް ކަމަށެވެ. އަދި މީހުންގެ ވާހަކަ ދެއްކުމުގެ ނުބައި އާދަ މިގައުމުން ނައްތާލަން ޖެހޭ ކަމަށް ސިޔާމު ވަނީ ވިދާޅުވެފަ އެވެ.

"މިފަދަ ނުބައި އާދަ މިގައުމުން އަޅުގަނޑުމެން އެބަޖެހޭ ނައްތާލަން. އަޅުގަނޑުމެންގެ ރާއްޖެއަކީ ސުލްހަވެރި މަސްލަހަތު އޮތް ރަނގަޅު ބައެއްގެ ގޮތުގައި އެބަ އުޅެންޖެހޭ،" ސިޔާމް ވިދާޅުވި އެވެ.

ސަން ފައުޑޭޝަނުން އިންތިޒާމުކޮށްގެން ބޭއްވި ދ. އަތޮޅު ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަންފޮޓޯ -

މީހުންނަށް އަނިޔާވެރިވުމަށް ގޮވާލާ ބަޔަކަށް ދިވެހިން ނުވުމަށް އެދިވަޑައިގެން ސިޔާމު ވިދާޅުވީ މީހުންނަށް ލިބޭ އާމްދަނީ އަށް ހުރަސް އަޅާ ބަޔަކަށް ދިވެހިން ނުވުމަށް ގޮވާލައްވާ ކަމަށެވެ.