ފްރާންސް ގައި މިހާރު ކުރިއަށްދާ މޮންޓޭ ކާލޯ މާސްޓާސް ޓެނިސް މުބާރާތުގެ ސެމީފައިނަލްގައި ދުނިޔޭގެ އެންމެ މަޝްހޫރު ދެ ޓެނިސް ކުޅުންތެރިން ކަމުގައިވާ ސާބިއާގެ ނޯވެކް ޖޮކޮވިޗާ ސްޕެއިންގެ ރަފޭލް ނަޑާލް ބައްދަލު ކުރަން ޖެހިއްޖެއެވެ.

މިވަގުތު ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި ހުރި ޖޮކޮވިޗް ސެމީފައިނަލަށް ދަތުރު ކުރީ އިއްޔެ ކުޅުނު ކުއާޓާ ފައިނަލް މެޗްގައި ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަން ކޮރޭޝިއާގެ މާރިން ކިލިކް 6-0 އަދި 6-3 ނަތީޖާއަކުން ބަލިކުރުމަށް ފަހުއެވެ.

ނޮކޯވިޗް ޖޮކޮވިޗާ މާރިން ކިލިކް ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މެމެޗުން ޖޮކޮވިޗް މޮޅުވުމުން އޭނާ ވަނީ ފުރަތަމަ ފަހަރަށް އަށް މެޗުން ކިލިކްގެ މައްޗަށް ކާމިޔާބު ހޯދާފައެވެ.

ސެމީފައިނަލްގައި ޖޮކޮވިޗާ ބައްދަލުކުރާ ސްޕެއިންގެ ރަފޭލް ނަޑާލް ސެމީފައިނަލަށް ދަތުރު ކުރީ އަމިއްލަ ގައުމުގެ ވާދަވެރި ކުޅުންތެރިޔާ ފެރާރޭއާ ބައްދަލުކޮށްވެ.

މިމެޗްގެ ފުރަތަމަ ސެޓް ނަޑާލް 6-4 ނަތީޖާއަކުން ކާމިޔާބު ކުރިއިރު ދެވަނަ ސެޓް ފެރާރޭ ކާމިޔާބު ކުރީ 7-5 ގެ ޖަތީޖާއަކުންނެވެ. މެޗުން މޮޅުވި ސެޓުން ނަޑާލް މޮޅިވީ 6-2 ނަތީޖާއަކުންނެވެ.

ހޮނިހިރު ދުވަހު ކުޅޭ ސެމީފަނަލް މެޗަކީ ޖޮކޮވިޗާ ނަޑާލް ބައްދަލު ކުރާ 43 ވަނަ މެޗެވެ. މިދެކުޅުންތެރިން މީގެކުރިން ވާދަ ކުރި މެޗްތަކުގައި މޮޅުވުމުގެ ރެކޯޑް އޮތީ ނަޑާލް އަތުގައެވެ. އެގޮތުން އޭނާ ވަނީ 23 މެޗުން މޮޅުވެފައެވެ. ޖޮކޮވިޗް މޮޅުވީ 19 މެޗުންނެވެ.