17 Apr 2015, 21:58
ހދ. ހަނިމާދޫން ވަދާ ނިކުމެ އުޅު ދޯންޏެއް ބަންޑުން ޖަހާލައިފި އެވެ.
ފުލުހުން މިއަދު ބުނީ އެ ދޯނީގައި ވަދާ ނުކުމެ އުޅުނީ 56 އަހަރުގެ ފިރިހެނެއް ކަމަށާއި އެ މީހާ ކަނޑުވެފައި ވަނިކޮށް ފުލުހުންގެ އެހީތެރިކަމާ އެކު ސަލާމަތް ކޮށްފައިވާ ކަމަށެވެ. އަދި ބުނީ އެ މީހާ ސަލާމަތް ކޮށްފައި ވަނީ މިއަދު ހަވީރު ކަމަށެވެ.

ވަދާ ނުކުމެ އުޅެނިކޮށް ބަންޑުން ޖަހާލި ދޯނި: ފޮޓޯ/ ޕޮލިސް މީޑިއާ
ފުލުހުން ބުނީ ހދ. ހަނިމާދޫ އާއި ހއ. ބާރަށާ ދެމެދު ކަނޑުއޮޅިއަށް ބަންޑުން ޖަހާލާފައިވާ ދޯންޏާއި ކަނޑުވެފައިވާ މީހާ ފެނިފައި ވަނީ ޕޮލިސް 30 ނަންބަރު ލޯންޗްގައި ތިބި ފުލުހުންނަށް ކަމަށެވެ. އަދި އެ މީހާ އެވަގުތު އިނީ ބަންޑުންޖަހާލާފައިވާ ދޯނީގެ ފޫމަތީގައި އިށީނދެގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ކަނޑުވެފައިވާ ދޮށީ އުމުރުގެ މީހާ އާއި ބަނޑުން ޖަހާލާފައިވާ ދޯނި މިހާރު ވަނީ ހދ. ހަނިމާދޫއަށް ގެންގޮސްފައިވާ ކަމަށެވެ.