ކަށިމާހިނގުމުގައި މިރޭ ހިނގި އެކްސިޑެންޓެއްގައި ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސްފައިވާއިރު، ސައިކަލްގައި ތިބި ދެ މީހުން ފިލައިފި އެވެ.

ކަށިމާ ހިނގުމުގައި ހުންނަ އެފްޑީޑީއެސް ގާމެންޓުސް ނަމަކަށްކިޔާ ފަހާ ތަނުގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސްފައި ވަނީ މިރޭ 6:45 އެހާކަންހާއިރު އެމަގުން ދުއްވާފައިދިޔަ ސައިކަލް ކޯޓްރޯލްނުވެ އެތަނުގެ ކުރިމަތީ ޕާކްކޮށްފައި ހުރި ސައިކަލެއްގައި ޖެހިގެނެވެ.

މިރޭ ހިނގި އެކްސިޑެންޓުގެ ތެރެއިން: ސަން ފޮޓޯ/ އަލީ ނަސީރު

ސައިކަލްގައި ތިބި މީހުން ފިލާފައިވާތީ އެމީހުން ހޯދައި، އެ މައްސަލަ ތަހުގީގު ކުރުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފައެވެ.