ޅެންވެރިކަމަށް ގިނަގުނަ ހިދުމަތް ކުރައްވާފައިވާ، ބ. ދަރަަވަންދޫ މިއުނިކު ސައީދު އަލިފުޅު، 79 ނިޔާވެއްޖެއެވެ.

އޭނާ ނިޔާވެފައި ހުޅުމާލޭގައި ދިރިއުޅުއްވާ ގޭގާއި މިއަދު ހެނދުނު ކުއްލި ގޮތަކަށެވެ. ސައީދު އަލިފުޅަކީ ޅެން ވެރިކަމުގެ ރޮނގުން ގައުމީ އިނާމާއި ޝަރަފުވެރިކަމުގެ އިނާމުވެސް ހާސިލްކޮށްފައިވާ ބޭފުޅެކެވެ.

ސައީދު އަލިފުޅަށް ތައުޒިޔާ ކިއުމަށް ދަފުތަރެއް ހުޅުވާލާނެ ކަަމަށް ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ 'ސަން' އަށް ވިދާޅުވިއެވެ.

އަދި އޭގެ ފަހުން ތައުބީނގެ ޖަލްސާއަށް އެއް ބާއްވާނެ ކަަމަށް ވެސް އަޝްރަފު ވިދާޅުވިއެވެ.

ސައީދު އަލިފުޅުމުގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދު މަޢުރިބު ނަމާދަށްފަހު ހުޅުމާލޭގައެވެ.