ބަރަބޯ ޕާން، ބަރަބޯ ރިހަ، ބަރަބޯ ޕައި، ބަރަބޯ މަސްހުނި މިއީ ބަރަބޮލުން ތައްޔާރު ކުރާ ބައެއް ތަކެއްޗެވެ. ބަރަބޮލަކީ ބައެއް މީހުންނަށް ވަރަށް މީރު ތަރުކާރީއެކެވެ. އެކަމަކު ބަރަބޮލަކީ ހަށިގަނޑަށް ކިހާ ފައިދާ ހުރި އެއްޗެއްކަން އެނގޭ ހެއްޔެވެ؟

  • ލޮލުގެ ފެނުން ސާފުކޮށް ލޮލަށް ފަރުވާއެއް

ލޮލުގެ މައްސަލަތަކަކީ އާންމުކޮށް ގިނަ މީހުންނަށް ދިމާވާ މައްސަލަ އެވެ. ހާއްސަކަށް ފަހަކަށް އައިސް ލޮލުގެ މައްސަލަތަކުގެ ވާހަކަތަށް ވަނީ ގިނަވެފަ އެވެ. ލޮލުގެ ފެނުން ސާފުކޮށް ލޮލުގެ ސިއްހަތަށް އެންމެ މުހިންމު މާއްދާއެއް ކަމަށް ސިއްހީ ތަޖުރިބާ ކާރުން ބުނަމުން ދަނީ ވިޓަމިން އޭ އެވެ. އެގޮތުން ބަރަބޮލަކީ ވިޓަމިން އޭ ގިނަ އަދަދަކަށް ލިއްބައިދޭ ތަރުކާރީއެކެވެ. އެގޮތުން ލޮލުގެ ފެނުން ސާފުކޮށް އަލިކުރުމަށް ބަރަބޯ ކެއުމަށް ސިއްހީ މާހިރުން ލަފާ ދެއްވަ އެވެ.

  • ހަންގަނޑު ރައްކާތެރިކޮށްދޭ

ސިއްހީ ދިރާސާތަކުން ދައްކާ ގޮތުން ބަރަބޮލަކީ ހަންގަނޑު ރައްކާތެރި ކުރުމަށް އެހީވެދޭ އެއްޗެކެވެ. އެގޮތުން ބަރަބޯ ކެމުގައި ބޭނުން ކުރާނަމަ ހަންގަނޑު ކުރަކިވުމުން ދުކޮށްދީ ހަންގަނޑު އޮމާންކޮށްދެ އެވެ.

ބަރަބޯ އޮށް -- ފޮޓޯ ގޫގުލް

  • ހިތުގެ ފަރުވާއަށް ބަރަބޮލުގެ އޮށް

ތަފާތު ވައްތަރުގެ ނަޓްސް ނުވަތަ ތަރުކާރީ އާއި މޭވާގެ އޮށަކީ ހިތުގެ ފަރުވާތަކަށް އަބަދު ވެސް ކެއުމަށް ސިއްހީ މާހިރުން ލަފާާދެއްވާ އެއްޗިއްސެވެ. އޭގެ ތެރޭގައި ބަރަބޮލުގެ އޮށް ވެސް ހިމެނެ އެވެ. ބަރަބޮލުގެ އޮށުން ކޮލެސްޓްރޯލް ދައްކޮށްދީ ހިތުގެ ހިނގުން ރަނގަޅުވެ، ސިއްހީ ގޮތުން ގިނަ ފައިދާތަކެއްވެ އެވެ.

  • ބަރުދަން ލުއިކުރުމަށް ބަރަބޯ

ބަރަބޮލުގައި އޭގައި ފައިބާ އަދި ކެލޮރީސް އެކުލެވޭ ތަރުކާރީއެކެވެ. އެގޮތުން ތިން ގްރާމު ހުންނަ ބަރަބޮލުން 49 ކެލޮރީސް ހަށިގަނޑަށް ލިއްބައިދެ އެވެ. އެކަމުގެ ނަތީޖާ އެއްގެ ގޮތުން ބަނޑުހައި ނުވެ ގިނައިރު ހުރެވެ އެވެ. އަދި ކެއުން މަދުވެ ބަރުދަން ލުއިވެ އެވެ.