16 Apr 2015, 20:30
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވާފައިވާ ގެޓް ސެޓް ލޯނުގެ މަސައްކަތް އިކޮނަމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި އެވެ.
'ސަން' އަށް މައުލޫމާތު ދެއްވަމުން އެ މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ ޔޫތު މިނިސްޓްރީގެ ދަށުން ކުރިއަށް ގެންދިޔަ ގެޓް ސެޓް ލޯނުގެ މަސައްކަތް ބަދަލުކޮށްފައި ވަނީ އިކޮނަމިކް މިނިސްޓްރީގެ އެންޓަޕްރައިސް ޑިވެލޮޕްމެންޓް ސެކްޝަނަށް ކަމަށެވެ. އެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލު ކުރިޔަސް ޕްރޮގްރާމަށް މާ ބޮޑު ބަދަލުތަކެއް ނާންނާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ގެޓްސެޓް ޕޮރޮގްރާމުގައި ބައިވެރިވުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ޕްރޮގްރާމް ވަނީ ފެބްރުއަރީ މަހު ތެރޭ ނިންމާލަފަ އެވެ. މި ޕްރޮގްރާމަކީ އަލަށް ވިޔަފާރި ފަށާ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ 300،000 ރުފިޔާ އާއި 800،000 ރުފިޔާއާ ދެމެދުގެ ލޯނު ދޫކުރާ ޕްރޮގްރާމެކެވެ. އެ ލޯނުގެ އިންޓްރެސްޓް ރޭޓު އުޅެނީ ސުން ޕަސެންޓާއި އަށް ޕަސެންޓާ ދެމެދުގަ އެވެ.