ޓުރެވަލް ވެބްސައިޓެއް ކަމަށްވާ ވޮންޑާބެޓް އިން ހޮވާ ދުނިޔޭގެ އެންމެ އިތުބާރުކުރާ އެއާލައިނަކަށް ގަތަރު އެއާވޭސް ހޮވިއްޖެ އެވެ.

ގަތަރު އެއާވޭސްއަށް އެ މަގާމު ލިބިފައި ވަނީ ދަތުރުތައް ބަރާބަރަށް ގަޑިއަށް ކުރުމާއި ޒާމާނީ ފްލައިޓްތަކާއި އެކި ހިދުމަތަށް ނަގާ ކުޑަ އަގުގެ ސަބަބުން އެ އެއާލައިނަށް ސައްތައިން ސައްތަ މާކުސް ދީފަ އެވެ.

ދެ ވަނަ އަށް އެންމެ އިތުބާރުކުރާ އެއާލައިނަކަށް ހޮވިފައި ވަނީ އެމިރޭޓްސް އެވެ. ތިންވަނަ އަށް ޗައިނާ އީސްޓާން އެއާލައިނެވެ. ޔޫރަޕްގެ އެއާލައިންތަކުގެ ތެރެއިން ފުރަތަމަ ދިހަ އެއްގައި ހިމެނުނު ހަމައެކަނި އެއާލައިނަކީ ބްރިޓިޝް އެއާވޭސް އެވެ. އެއީ އަށް ވަަނައެވެ.

މެލޭޝިއަން އެއާލައިންނަށް ދިމާވެފައިވާ މައްސަލަތަކާއި އެކު ވެސް އެ އެއާލައިނުން ވަނީ ލިސްޓްގެ 16 ވަަނަ މަގާމު ހޯދާފަ އެވެ. ފާއިތުވި އަހަރު މެލޭޝިއަން އެއާލައިންގެ އެއް ފްލައިޓް ވެއްޓިފައިވެ އެވެ. އަދި އެ އެއާލައިންގެ އެމްއެޗް 370 ވަނީ ގެއްލިފަ އެވެ.