16 Apr 2015, 17:18
ކޮންމެ އާއިލާއަކަށް ޑޮކްޓަރެއް ހަމަޖެއްސުމުގެ ޕްރޮގްރާމް ދެ މަސްތެރޭ ފަށާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ޒުހޫރު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސްކޮންފަރެެންސްގައި ޒުހޫރު ވިދާޅުވީ، މި މަސައްކަތް ކުރުމަށް ވާންޖެހޭ ތައްޔާރީތައް ކުރިޔަށްދާ ކަމަށެވެ.
" މިހާރު ކުރިއަށް މިދަނީ ޑޭޓާ ބޭސް އެއް ގާއިމުކުުރުމުގެ މަސައްކަތް. އެ މަސައްކަތް އެއް މަސްތެރޭ ނިމޭނެ،" ޒުހޫރު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވީ "ކޮބާހޭ މަގޭ ޑޮކްޓަރު ބުނެ" ސިޔާސީ ފަރާތްތަކުން ފާޑުކިޔަމުންދާ ކަމަށެވެ. އެހެންނަމެވެސް އެ ޑޮކްޓަރު ވަރަށް އަވަހަށް ފެންނާނެ ކަަމަށް މުއާޒް ވިދާޅުވިއެވެ.
މީގެ އިތުރުން ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ސްކޫލް ކުދިން ސްކްރީނިންގެ މަސައްކަތް މަހެއްހާ ދުވަސްތެރޭ ފެށިގެންދާނެ ކަމަށް ވެސް ޒުހޫރު ވިދާޅުވިއެވެ. އަދި ސްކްރީނިންގެ ސަބަބުން ތެލަސީމިއާ ފަދަ ބަލިތަކުން ސަލާމަތްވުމުގެ ފުރުސަތު އޮންނާނެ ކަަމަށާއި އަދި ވަޒީފާގެ ބާޒާރަށް ނިކުންނަ އިރު އެ ވަޒީފާއަކަށް ފިޓްތޯ އެނގޭނެ ކަމަށް ވެސް ޒުހޫރު ވިދާޅުވިއެވެ.
މިސާލަަކަށް ޕައިލެޓްކަށް ވާން ބޭނުންވާކުއްޖަކަށް އެނާ އެ ވަޒީފާއަށް ސިއްހީގޮތުން އެކަށީގެންވޭތޯ، މި ސްކްރީނިންގެ ސަބަބުން އެނގޭނެ ކަމަށް ޒުހޫރު ވިދާޅުވިއެވެ.