17 Apr 2015, 13:43
"ފާސްޓް އެންޑް ފިއުރިއަސް"ގެ ޕޯލް ވޯކާގެ ޓްރިިބިއުޓް އަށް ވިޒް ޚަލީފާ އާއި ޗާލީ ޕުތު ކިޔާފައިވާ ލަވަ "ސީ ޔޫ އެގެއިން،" ސްޕޮޓިފައިގެ ރެކޯޑުތަކެއް މުގުރާލުމަށްފަހު އެމެރިކާގެ މިއުޒިކް ޗާޓުތަކުގެ އެއް ވަނައިން ޖާގަ ހޯދައިފި އެވެ.
މާކް ރޮންސޮން އާއި ބްރޫނޯ މާސްގެ "އަޕްޓައުން ފަންކް" ފަހަތައް ޖައްސާލުމަށްފަހު ޗާޓުގެ އެއް ވަނައަށް އަރާފައިވާއިރު އެ ލަވަ ވަނީ ސްޕޮޓިފައިގެ ދެ ރިކޯޑެއް މުގުރާލާފަ އެވެ.
ބިލްބޯޑުގެ އެއް ވަނައަށް ވެސް އެ ލަވަ އަރާފައިވާއިރު އެ ލަވަ އެއް ވަނަ އަށް އެރީ އެ މަގާމުގައި ކުރިން އިން އަޕްޓައުން ފަންކް ފަހަތައް ޖައްސާލުމަށްފަހު އެވެ. އެ ލަވަ އަކީ ބިލްބޯޑް "ހޮޓް 100" ޗާޓުގައި 14 ހަފްތާ ވަންދެއް ރަސްކަން ކޮށްފައިވާ ލަވައެކެވެ.
އެ ގޮތުން އެ ލަވަ ވަނީ 26 ގައުމެއްގައި ސްޕޮޓިފައިގެ އެއްވަނަ އަަށް އަރާފައެވެ. މީގެ އިތުރުން ހަ ދުވަސް ތެރޭގައި އެންމެ ގިނަ ފަހަރަށް ޖަހާފައިވާ (21.9 މިލިއަން ފަހަރު) ލަވައިގެ ރެކޯޑުވެސް ވަނީ އެ ލަވަ މުގުރާލާފަ އެވެ.
ސްޕޮޓިފައިގައި މީގެ ކުރިން އެންމެ ގިނަ ފަހަރަށް ޖަހައިން އެއްވަނަ މަގާމުގައި އިނީ "ފިފްޓީ ޝޭޑްސް އޮފް ގްރޭ"ގެ އެންތެމް ލަވަ ކަމަށްވާ އެލީ ގޫލްޑިން ގެ "ލަވް މީ ލައިކް ޔޫ ޑޫ" އެވެ.