ކުޅިވަރާއި ކަސްރަތު ކުރިއެރުވުމުގެ އެއްބަސް ވުމެއްގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާއި އައިލެންޑް ކޮމިޔުނިކޭޝަން އެންޑް އެންޓަޓައިމެންޓް ޓީވީ (އައިސް ޓީވީ) އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އޮލިމްޕިކް ކޮމިޓީން މިއަދު ޢާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން އައިސް ޓީވީ މެދުވެރިކޮށް ކުޅިވަރާއި ކަސްރަތާއި ދުޅަ ހެޔޮ ސިއްހަތާއި މެދު ޒުވާން ޖީލު ހޭލުންތެރި ކުރުމަށް ޓީވީ ޕްރޮގިރާމެއް ހުށަހެޅުމަށް ހަމޖެހިފައިވާ ކަމަށެވެ.

މިބަޔާނުގައި އިތުރަށް ބުނެފައިވަނީ މިޕްރޮގްރާމްގެ ތެރެއިން މާލޭގެ ސުކޫލުތަކުގަޔާއި އަދި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުކޮށްގެން ޙަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އޮލިމްޕިކް ކޮމިޓީން ބުނީ އައިސް ޓީވީ މެދުވެރިކޮށް ގެނެސްދޭ މިޕްރޮގިރާމް ހުށަހަޅައިދޭނީ މަޝްހޫރު އަންހެން ބާސްކެޓް ކުޅުންތެރިޔާ އާމިނަތު ޝިއުރާއާއި ކުރިކެޓް ކުޅުންތެރިޔާ ޙަސަން އިބްރާހިމް ކަމަށެވެ.