Last Updated: 1 decade 7 month ago
މިއަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅުގައި ބޮޑެތި ޒަޚަމްތަކަކާ އެކު މަރުވެފައި އޮއްވައި ވ.ރަކީދޫ ގެއެއްގެ ތެރެއިން ފެނުނު އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލްގެ މަރުގެ މައްސަލައާގުޅޭ ގޮތުން އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ބާއްވާ ޕްރެސް ކޮންފަރެންސްގެ ލައިވް ކަވަރޭޖަށް މަރުހަބާ.
ފުލުހުންގެ ޕްރެސް ކޮންފަރެންސް ނިންމާލައިފި.
މިމައްސަލައާއި ގުޅޭގޮތުން މިހާތަނަށްވެސް މަޢުލޫމާތެއް ލިބިލައްވާފައިވާ ފަރާތެއްވާނަމަ އެކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ 3322112 ނުވަތަ 119 މިނަމްބަރަަށް ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ 9911099 ނަންބަރަށް ގުޅުއްވާފައި އެމަޢުލޫމާތު ދެއްވުމަކީ މިސަރވިސްގެ ވަރަށް ބޮޑު އެދުމެއް. އަދި މިފަދަ މަޢުލޫމާތެއް ހިއްސާކުރައްވާ ފަރާތްތަކަށް މިސަރވިސްގެ ފަރާތުން ދެވެންއޮތް ސަލާމަތާއި ރައްކާތެރިކަން ފުރިހަމައަށް ލިބޭނެ ކަމުގެ ޔަޤީންކަން އަރުވަން.
އިބްތިހާލަށް އެކި ގޮތްގޮތުން އަނިޔާތައް ލިބެމުން ގޮސްފައިވާއިރު، އެކަމުގައި އާފިޔާގެ މަންމަގެ ސީދާ އިހްމާލެއް ފާހަގަކުރެވިފައެއް ނުވޭ. އެހެން ނަމަވެސް، ތަހުގީގުތަކުން އެނގިފައިވާގޮތުން އާފިޔާގެ ދޮންބައްޕަ އިބްތިހާލަށް އަނިޔާކޮށް ޖިންސީ ގޯނާކޮށްފައި ވާތީ އޭނާ މިހާރު ވަނީ ހައްރުކޮށްފައި.
މި މައްސަލާގައި ހައްޔަރުކުރެވުނު، އިސްމާޢީލް ރައޫފް އަކީ މީގެކުރިންވެސް އިސްމާޢީލް ރައޫފް ގެ ދޮންދަރިއަކަށް އަނިޔާކުރި މައްސަލައަކާއި ގުޅިގެން ވ.ކެޔޮދޫ ކޯޓުން 04 މަސް ދުވަހުގެ މުއްދަތަށް އަރުވާލުމަށް ޙުކުމްކޮށް އެޙުކުމް ތަންފީޒު ކޮށްފައިވާ މީހެއްކަން ފާހަގަކުރަން.
އިސްމާޢީލް ރަޢޫފް ހައްޔަރުކުރުމަށް ފަހު 2015 އޭޕްރިލް 02 ވަނަ ދުވަހު ކްރިމިނަލް ކޯޓުގެ މުއްދަތު މަޖިލީހަށް ޙާޟިރުކުރުމުން އޭނައަށް ވަނީ 15 ދުވަހުގެ މުއްދަތަށް ބަންދުގެ މުއްދަތު އިތުރުކޮށްފައި.
މިމައްސަލާގައި މުޙައްމަދު އިބުތިހާލްގެ މަންމަ ޢާފިޔާ މުޙައްމަދުމަނިކުގެ އިތުރުން، ޢާފިޔާ މުޙައްމަދުމަނިކުގެ ދޮންބައްޕަ މ.ދިއްގަރު / ބަށިމާގެ، އިސްމާޢީލް ރައޫފް 2015 އޭޕްރީލް 01 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ހައްޔަރުކޮށްފައި.
މުޙައްމަދު އިބުތިހާލަށް ޢާފިޔާ މުޙައްމަދުމަނިކު އަނިޔާކޮށްފައި ގެއިން ނުކުމެގެން ދިޔަކަމާއި، އެއިރު މުޙައްމަދު އިބުތިހާލް، ވޭންހުރި ގޮތަކަށް ކުކުރަމުން ދިޔަކަމާއި އަދި އޭގެ ގާތްގަނޑަކަށް ގަޑިއެއް ހާއިރުފަހުން އެނބުރި ގެއަށް އައިއިރު މުޙައްމަދު އިބުތިހާލް ކޮޓަރިތެރޭގައި ބަންޑުން އޮއްވާ ފެނުމުން، ދެންވެސް ޢާފިޔާ މުޙައްމަދުމަނިކު މުޙައްމަދު އިބުތިހާލްގެ ގައިގައި ޖެހިކަމަށާއި، މިގޮތަށް ޖެހުމުން އެވަގުތު މުޙައްމަދު އިބުތިހާލްގެ ހަރަކާތެއް ނެތްކަން އެނގިގެން ހޭވެރިކަން ގެނައުމަށް މަސައްކަތްކޮށް ހޭވެރިކަން ނައުމުން، ވަގުތުން އިތުރު ފަރާތްތަކަށް އެޚަބަރު ދިނީކަމަށް ތަޙްޤީޤުގައި ޢާފިޔާ މުޙައްމަދުމަނިކު ވަނީ އިޢުތިރާފް ވެފައި.
ރަކީދޫގައި ޢާފިޔާ މުޙައްމަދުމަނިކު މިހާރު ދިރިއުޅޭ ގެއަށް ދިރިއުޅުން ބަދަލުވިފަހުން ތަފާތު އެކިއެކި ދުވަސްމަތިން ޢާފިޔާ މުޙައްމަދުމަނިކު، މުޙައްމަދު އިބުތިހާލަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އެކިވަރުގެ އަނިޔާތައް ކޮށްފައިވާކަން ފާހަގަ ކުރަން.
މުޙައްމަދު އިބުތިހާލް ނިޔާވުމުގެ ގާތްގަނޑަކަށް ހަތް މަސްދުވަސް ކުރިން ޢާފިޔާ މުޙައްމަދުގެ މަންމަގެ ބެލުމުގެ ދަށުން މުޙައްމަދު އިބުތިހާލް، ޢާފިޔާ މުޙައްމަދު މަނިކުގެ ބެލުމުގެ ދަށަށް ގެނެސް، ޢާފިޔާ މުޙައްމަދުމަނިކު ގާތުގައި ވ.ރަކީދޫ ގައި މުޙައްމަދު އިބުތިހާލް ބަހައްޓައިގެން ގެންގުޅެމުން ދިޔަކަން ފާހަގަކުރަން.
އާފިޔާ މުހައްމަދު އޭނާގެ ދަރިފުޅު މުހައްމަދު އިބްތިހާލަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަށް ވަނީ ކޮށްފައި ކަން ތަހުގީގަށް ވަނީ ކަށަވަރު ވެފައި.
ނިޔާވި ދުވަހުގެ ކުރީ ދުވަހު މުހައްމަދު އިބްތިހާލަށް ޖޫސްތައްޓެއް ދިނުމުގެ އިތުރުން ރޭގަނޑުވަންދެން ކާއެއްޗެއް ނުދީ ހުރިކަން ފާހަގަކޮށްލަން.
ޑޮކްޓަރުން އިބްތިހާލުބެލި ބެލުމުން، ނޭވާހާސްކުރުމުގެ ގޮތުން ކަރުގައި ހިފަހާފައި ހުރިކަމާއި، ކަނާތް ފަރާތު ކަންފަތް ދުޅަވެފައި ހުރުމާއި، އެކި ފަހަރުމަތިން ކޮށްފައިވާ އަނިޔާގެ ލަކުނުތަށް ފެންނަން ހުރި އަދި މޭކަށިތަކުން ބައެއް ކަށިތައް ބިންދައިގެން ގޮސްފައި ހުރިކަން ވަނީ އެނގިފައި.