16 Apr 2015, 16:00
އެހެން ކުޅުންތެރިޔަކު މަރާލިކަމުގެ ކުށުގައި ކުރިން އެމެރިކާގެ ޤައުމީ ލީގުގެ ނިއު އިންގްލެންޑް ޕެޓްރޮއިޓްސް އަށް ކުޅުނު އާރޮން ހެނާންޑޭޒް އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.
ނިއު އިންގުލެންޑް ސިޓީގެ މެސެޗިއުޓަސް ސަރަހައްދުގައި އާރޮން ހަނާންޑޭޒް މަރާލައިފައިވަނީ ސެމީ ޕްރޯ ފުޓްބޯޅަ ކުޅުންތެރިޔާ އޮޑިން ލޯއިޑެވެ.
ލޯއިޑް އަކީ ހެނާންޑޭޒްގެ ދައްތަ ކައިވެނި ކުރަން ބޭނުންވާ ލޯބިވެރިޔާއެވެ.
ލޯއިޑް މަރާލާފައިވަނީ ހެނާންޑޭޒް ދިރިއުޅޭ ގެ ކައިރީގައި ހުންނަ ކުރީގެ ސިނާއީ ސައިޓެއްގެ ތެރޭގައެވެ.
ޖޫން 2013ގައި ހިނގި ލޮއިޑްގެ މަރުގެ ހާދިސާގައި އޭނާ މަރާލާފައި އޮތް އިރު ހެނާންޑޭޒް ކުއްޔަށް ހިފާފައިވާ ކާރުގެ ތަޅުދަނޑި ލޯއިޑްގެ ޖީބުން ފެނިފައިވާ ކަމަށް ފުލުހުން ވަނީ ކޯޓްގައި ސާބިތުކޮށްދީފައެވެ.
މިހާދިސާ ހިނގިތާ އެއް ގަޑިއިރު ފަހުން ފުލުހުން ވަނީ ހެނާންޑޭޒް ހައްޔަރުކޮށްފައެވެ. އަދި އޭނާ ކުޅެމުންދާ ޕެޓްރޮއިޓްސް ޓީމުން ވަނީ އޭނާ ޓީމުން ވަކިކޮށްފައެވެ.
ހެނާންޑޭޒްގެ ޝަރީޢަތުގައި ޕްރޮސިކިއުޓާސްއިން ވަނީ މަރުގެ ހާދިސާގެ ވަގުތުގައި ލޯއިޑްއާއި އެކު ހެނާންޑޭޒް ހުރި ކަމަށް ހެކި ހުށަހަޅާފައެވެ.