12 Apr 2010, 10:37
ދިވެހި ބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒު އުވާލައްވައި، އެ ތަނުން ކުރަމުން އައި މަސައްކަތްތައް އެހެން ދެ މުއައްސަސާއަކަށް ސަރުކާރުން ބަދަލުކޮށްފި އެވެ.
ދިވެހި ބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒު މި މަހުގެ ހަ ވަނަ ދުވަހުން ފެށިގެން އުވާލިކަމަށް އަންގައި ރައީސް އޮފީހުން މިއަދު ވަނީ އެ މަރުކަޒަށް ސިޓީއެއް ފޮނުވައިފަ އެވެ. އެ ސިޓީގައިވާ ގޮތުން، އެ ތަނުން ކުރަމުން އައި ދިވެހި ބަހުގެ ކަންތައްތައް ދެން ކުރަމުންދާނީ މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަނުންނެވެ. ތަރިކައާ ބެހޭ ބައި ކުރިއަށްގެންދާނީ ޓޫރިޒަމް އެންޑް އާޓްސް މިނިސްޓްރީންނެވެ.
މިކަމާ ގުޅިގެން ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު މިއަދު ވިދާޅުވީ މި ބަދަލަކީ ސަރުކާރުން ގެނެސްފައިވާ ހެޔޮ ބަދަލެއް ކަމަށެވެ.