16 Apr 2015, 13:25
އެމެރިކާއަށް އެންމެ ބޮޑު ދަރަނި ދިން ގައުމަކަށް ޖަޕާން ވެއްޖެ ކަމަށް ބިޒްނަސް އިންސައިޑާއިން ބުނެފިއެވެ.
އެމެރިކާގެ ޓްރެޜަރީ ޑިޕާމެންޓާއި ހަވާލާދީ ވިޔަފާރި އާއި ގުޅުންހުރި ޚަބަރުތައް ގެނެސްދޭ ވެބްސައިޓުން ބުނެފައިވަނީ އެމެރިކާގެ ޖުމްލަ ދަރަނި 6.16 ޓްރިލިއަން ޑޮލަރަށް އަރާކަމަށެވެ.
ޖަޕާނުން އެމެރިކާއަށް ދޫކޮށްފައިވާ ދަރަނީގެ އަދަދު 1.224 ޓްރިލިއަން އަރައެވެ. ދެވަނަ އަށް އެންމެ ބޮޑު ދަރަންޏެއް ދޫކޮށްފައިވާ ޗައިނާ އިން ދޫކޮށްފައިވާ ޖުމްލަ ދަރަންޏަކީ 1.223 ޓްރިލިއަން ޑޮލަރެވެ.
ޓްރެޜަރީ ޑިޕާޓްމެންޓުން ދަނީ ކޮންމެ މަހަކު އެއްފަހަރު ދައުލަތުގެ ދަރަންޏާއި ބެހޭ ރިޕޯޓެއް ނެރެމުންނެވެ.
ޗައިނާގެ އިގްތިސާދީ ކުރިއެރުން މިހާރު ވަނީ ހީނަރުވެފައެވެ. މީގެ މައިގަނޑު ސަބަބަކީ ޗައިނާއިން އެކްސްޕޯޓް ކޮށްފައިވާ މިންވަރު ދަށްވުމެވެ. މިއާ ޚިލާފަށް ޖަޕާނުގެ މަރުކަޒީ ބޭންކުން އެ ގައުމުގައި ދައުރުވާ ފައިސާ އިތުރުކުރުމަށް ދަނީ މަސައްްކަތްތަކެއް ކުރަމުންނެވެ. މީގެ ސަބަބުން އިންވެސްޓަރުންގެ އަތުގައި އިންވެސްޓް ކުރާނެ ފައިސާ ވަނީ އިތުރުވެފައެވެ.
އެމެރިކާ ސަރުކާރުން ދަނީ ޗައިނާ ގަސްތުގައި އެގަމުގެ ފައިސާ، ޔުއާންގެ އަގު ދަށްކޮށް ހިފަހައްޓާކަަމަށް ބުނެ ޔުއާން ހަމައަގަށް ގެނައުމަށް ޗައިނާއަށް ޕްރެެޝަރު ކުރަމުންނެވެ.
ޗައިނާގެ ފައިސާގެ އަގު ދަށްވުމުން އެމެރިކާއިން ޗައިނާއަށް އެތެރެކުރާ މުދާ ނިސްބަތުން އަގުބޮޑުވެއެވެ. އަދި ޗައިނާއިން އެމެރިކާއަށް އެކްސްޕޯޓްކުރާ މުދާ އެމެރިކާގެ ބާޒާރުގައި ނިސްބަތުން އަގު ދަށްވެއެވެ.