16 Apr 2015, 11:27
ގިނަ އަދަދެއްގެ ކުޑަކުދިން ޖުމްހޫރީ މައިދާނަށް ގޮސް ހިތްއުފާކުރަން ކުރާ ކަމެއްކަމަށްވާ ދޫންޏަށް ކާން ދިނުން އެސަރަހައްދުގައި މަނާކޮށްފިއެވެ.
ހައުސިން މިނިސްޓުރީގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ ޖުމްހޫރީ މައިދާނުގައި ދޫންޏަށް ކާން ދިނުން ދާއިމީކޮށް މަނާކޮށްފައިވާ ކަމަށެވެ. އެކަން މަނާކުރީ އެސަރަހައްދު ޒީނަތްތެރި ކުރުމަށް ސަރުކާރުން ނިންމާފައިވާއިރު ދޫންޏަށް ކާންދިނުމުން އެސަރަހައްދު ހަޑިވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެސަރަހައްދު ޒީނަތްތެރިކުރުމުގެ ގޮތުން އެކަން ކޮށްފައިމިވަނީ، އެސަރަހައްދަށް މީހުންގޮސް ދޫންޏަށް ކާންދޭން އުޅުމުން ވިނަގަނޑާތަންތަން ހަލާލުވެ، ކުނިއަޅައި ހަޑިވާތީ،" ހައުސިން މިނިސްޓުރީގެ އޮފިޝަލް ވިދާޅުވިއެވެ.
މީހުން އެސަރަހައްދަށް ގޮސް ދޫނިތަކަށް ކާންދޭން ވަރަކުން ދޫނިތައް އިތުރުވަމުން އަންނަ ކަމަށާއި އެކަމުގެ ސަބަބުން އެސަރަހައްދު ހަޑިވެ ދޫނިތައް އެސަރަހައްދުގައި ހާލި ހަދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިވަން 50 ފާހަގަ ކުރުމުގެ ގޮތުން ޖުމްހޫރީ މައިދާން ޒީނަތްތެރި ކުރުމުގެ މަަސައްކަތް ސަރުކާރުން މިހާރު ވަނީ ފަށާފައެވެ. އެގޮތުން އެސަރަހައްދުގެ ވިނަތައް އާކޮށްފައިވާއިރު އާ ފެންއަރުވާ ވަޑާމެއް އެސަރަހައްދުގައި ގާއިމް ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.