އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު ލޮލޮގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދެވުމަށް ރާއްޖެ އިން ބޭރަށް ފުރާވަޑައިގެންފި އެވެ.

އުއްތަމަ ފަނޑިޔާރުގެ އާއިލާ އިން ވާހަކަ ދެއްކި ބޭފުޅަކު ވިދާޅުވީ އިއްޔެ ސުޕްރީމް ކޯޓުގައި ހުންނަވަނިކޮށް ލޮލަށް ދިމާވި ކުއްލި މައްސަލައަކާ ގުޅިގެން ރޭ އެމަނިކުފާނު ސިންގަޕޫރަށް ވަޑައިގެންފައިވާ ކަމަށެވެ.

އުއްތަމަފަނޑިޔާރު ރާއްޖެ އިން ބޭރަށް ވަޑައިގަތީ ރާއްޖެ އިން އެމަނިކުފާނު ބެއްލެވި ޑޮކްޓަރުގެ އިރުޝާދުގެ ދަށުންނެވެ.