16 Apr 2015, 09:14
އައްޑޫ ސިޓީ ފޭދޫގައި މި މަހުގެ 11 ވަނަ ދުވަހުގެ ރޭ ހިނގި އެކްސިޑެންޓްގައި އަނިޔާވި އަހުމަދު ސައްމާހު، 20، އިންޑިއާގައި ފަރުވާދެމުންދަނިކޮށް ރޭ ނިޔާވެއްޖެ އެވެ.
ސައްމާހު ނިޔާވެފައި ވަނީ އިތުރު ފަރުވާ އަށް އިންޑިއާ ގެންގޮސް އާނަންތަޕޫރު ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށްނެވެެ.
އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށް ފަހު ސައްމާހު އިންޑިއާ އަށް ފޮނުވީ އެ އެކްސިޑެންޓް ހިނގި ދުވަހު ނޫން އަނެއް ދުވަހު އެވެ.
ފޭދޫ ބޮޑުގައި ހިނގި އެ އެކްސިޑެންޓްގައި، ސައްމާހުގެ އިތުރަށް އަނިޔާވި ހިތަދޫ ޗަރުކޭސީގޭ މަމްދޫން އަހުމަދު އަލިދީދީ، 22، ވަނީ އެކްސިޑެންޓް ހިނގިރޭ ނިޔާވެފަ އެވެ.
އެ އެކްސިޑެންޓް ހިނގީ، އެ ކުދިން ދުއްވި ސައިކަލް ކާރެއްގެ ކުރިއަށް އަރަން އުޅެނިކޮށް ކޮންޓްރޯލް ނުވެ ފާރެއްގައި ޖެހިގެންނެވެ.