ހުޅުމާލެއަށް އިތުރުކުރި ހުޅުމާލެ އާ ބިމުގައި ސަރަހައްދު ފެހި ކުރުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހިންގާ ޕްރޮގްރާމްގައި ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނާއި ބައެއް ވަޒީރުން މިއަދު ގަސް އިންދަވައިފި އެވެ.

އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ހުޅުމާލޭގެ އާ ބިމުގައި ގަސް އިންދަވަނީ-- ސަން ފޮޓޯ/ މުހައްމަދު ނަސީމް

މިއަދު ހަވީރު ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި ރައީސް ޔާމީން އިންދަވައި ދެއްވީ ކާނި ގަހެކެވެ. ރައީސަށް ފަހު ވަޒީރުންނާއި ވެރިކަން ކުރާ ޕީޕީއެމް އެމްޑީއޭ ކޯލިޝަނަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެމްބަރުން ވެސް އެ ސަރަހައްދުގައި ގަސް އިންދެވިއެވެ. ސްކޫލްތަކުގެ ބައެއް ދަރިވަރުންނާއި އާއްމުން ވެސް އެ ހަރަކާތުގައި ބައިވެރިވި އެވެ.

ހުޅުމާލޭ އާ ބިމުގައި ރައީސް ޔާމީނާއެކު ވަޒީރުން ގަސް އިންދަވަނީ-- ސަން ފޮޓޯ/ މުހައްމަދު ނަސީމް

ގަސް އިންދުމުގެ ޕްރޮގްރާމަށް ފަހު އެ ސަރަހައްދުގައި މިއުޒިކާއި ބާބެކިއު އޮތެވެ. އެހަރަކާތް ނިންމައިލީ ހަވާ އަރުވާފައެވެ.