15 Apr 2015, 15:58
ރޭގަނޑުގެ ވަގުތުގައި ރެޑް ޕްލެނެޓް ނުވަތަ މާސްގެ ތަންކޮޅު ކޮޅުގައި ލޮނު ފެން ކޯރުތަކެއް ހުރެދާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް ސައިންޓިސްޓުންގެ ދިރާސާއާއަކުން ދައްކައިފި އެވެ.
ތަޖުރިބާކާރުން ދެކޭ ގޮތުގައި މާސްގެ ވެލީގައި ހިމެނޭ ވަކި ވައްތަރެއްގެ ލޮނެއްގެ ސަބަބުން އެ ޕްލެނެޓުގެ ތުނި އެޓްމޮސްފިއާ އިން ވޯޓާ ވޭޕާ ނެގޭނެ އެވެ.
މާސް އިން ފެން ހުރި ކަމަށް ސާބިތުވެފައި ނުވާ ކަމަށް ރިސާޗަރުން ކުރިން ވަނީ ބުނެފަ އެވެ. ނަމަވެސް އެންމެ ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި އެފަދަ ގޮތެއް ވުމަކީ އެކަށީގެންވާ ކަމެކެވެ. މާސްގައި ރޭގަނޑު ފެން ހުރެދާނެ ކަމަށް ބެލެވޭ ތިއަރީ ހަދާފައި ވަނީ މާސްގައި އަހަރެއް ވަންދެން ހޯދާފައިވާ ފިނިހޫނު މިނާއި ހިއުމިޑިޓީ އަށް ބަރޯސާ ވެގެންނެވެ.
ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި މާސްގައި އެއް އިރެއްގައި ދުނިޔޭގެ އެޓްލާންޓިކް އޯޝަންގައި ފެން ހުރި ވަރަށް ފެން ހުރުން އެކަށީގެންވެ އެވެ. ނާސާގެ ކިއުރިއޯސިޓީ ރޯވާ އަށް މީގެ ކުރިން މާސް އިން "ސްޓީމް ބެޑް" އާއި ކޯރެއް ވަނީ ފެނިފަ އެވެ.
މާސްގައި ގިނަ އަަދަދަކަށް ހުރި ފެންތައް ވަނީ ވޭތުވެ ދިޔަ ގަަރުނުތަކުގެ ތެރޭގައި ގެއްލިފައިވާ ކަމަށް ރިސާޗަރުން ގަބޫލު ކުރެ އެވެ. ނަމަވެސް އެއިން އެއްވެސް ކަމަކާ ގުޅިގެން މާސްގައި އަދި ދިރިއެއް ނޫޅެވޭނެ ކަމަށް ވެސް ރިސާޗަރުން ވަނީ ބުނެފަ އެވެ. ސަބަބަކީ ދިރުމެއް ހުންނަ ވަރަށް ވުރެއް ފިނިހޫނު މިން ދަށް ކަމަށާއި ބޭނުންވާ ވަރަށް ވުރެ ފެން މަދުކަމަށް ވުމެވެ.