15 Apr 2015, 15:34
ހއ. އުލިގަމުން މާބަނޑު މީހަކު ގޮވައިގެން އެ އަތޮޅު ދިއްދުއަށް ސީ އެމްބިއުލާންސުގައި ދަތުރުކުރަނިކޮށް އެ އެމްބިއުލާންސްގެ ތެރެއަށް އެމީހާ ވިހައިފި އެވެ.
އުލިގަމު ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޒިޔާދު ހަސަން މިއަދު ސަން އަށް ވިދާޅުވީ ސީ އެމްބިއުލާންސް ތެރެއަށް އެމީހާ ވިހެއި ނަމަވެސް ދެމައިންގެ ހާލު ރަނގަޅު ކަމަށެވެ. އެމީހާ ވިހާފައި ވަނީ ވިހާނެ ކަމަށް ޑޮކްޓަރު ދީފައިވާ ތާރީހަށް ވުރެ 10 ވަރަކަށް ދުވަސް ކުރިން ކަމަށް ވެސް ޒިޔާދު ވިދާޅުވި އެވެ.
ޒިޔާދު ވިދާޅުވީ ރޭ ފަތިހު 4:30 އެހާކަންްހާއިރު އެމީހާ ވިހެއީ ބަނޑުގައި ރިއްސާތީ ސީ އެމްބިއުލާންސްގައި އެ އަތޮޅު ދިއްދޫ ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީ މޮޅަދޫ ކައިރިން ކަމަށެވެ.
"މިރަށުގައި (އުލިގަމު) ސިއްހީމަރުކަޒުގައި ވިއްސޭނެ ގޮތެއް ނުހުރޭ. އެހެން ކޮންމެ ފަހަރަކު ވެސް އަތޮޅު ހޮސްޕިޓަލަށް ގެންދަން ޖެހެނީ،" ކައުންސިލްގެ ނައިބު ރައީސް ޒިޔާދު ވިދާޅުވި އެވެ.