ވަޒިފާގެ ހައްގު ގެއްލުވާލާފައިވާ ކަމަށް ބުނެ ފ. ފީއަލީ ކައުންސިލާ ދެކޮޅަށް އެ ރަށު ރައްޔިތަކު ދައުވާ ކޮށްފި އެވެ.

ފީއަލީ ނާޒުނީ މަންޒިލް އަހުމަދު ޒާހިރު މިއަދު ފީއަލީ ކޯޓަށް ހުށަހެޅި މައްސަލަ އެ ރަށު ކޯޓުން ބަލައިގެންފައިވާ އިރު، އޭނާ އުފުލި ދައުވާގައި ބުނެފައި ވަނީ އެތައް ފަހަރެއްގެ މަތިން ފީއަލީ ކައުންސިލުގެ އެސިސްޓެންޓް ޑިރެކްޓަރެއްގެ މަގާމަށް ކުރިމަތިލައި އަދި ޝަރުތު ހަމަވި ނަމަވެސް އޭނާގެ ސިޔާސީ ފިކުރަށް ބަލައި ވަޒީފާ ނުދިނުމަށް އެ ރަށު ކައުންސިލުގެ މެޖޯރިޓީ އޮއްނަ އެމްޑީޕީގެ މެންބަރުން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އަދި ސިވިލް ސާވިސް އިން އަހުމަދު ޒާހިރުއަކީ ޝަރުތު ހަމަވާ މީހެއްކަމަށް ކަނޑައަޅާފައިވީ ނަމަވެސް އޭނާ އަށް ވަޒީފާ ނުދިނުމަށް ތިން ފަހަރަށް އިއުލާނުކޮށްފައިވާ ކަމަށެވެ.

"ތިންފަހަރު ކުރިމަތިލުމުން ވެސް ޝަރުތު ހަމަވާ މީހެއް ނެތް ކަމަށް ނިންމައި އަނެއްކާ ވެސް އިއުލާނު ކުރަނީ." ދައުވާ ގައި ބުނެފައިވެ އެވެ.

އަލީ ޒާހިރަކީ ފީއަލީ ޖުމްހޫރީ ޕާޓީ ގޮފީގެ އިސްވެރި އެވެ.