15 Apr 2015, 12:07
ގަދަޔަށް ތެޔޮވަސް ދުވުމުގެ ސަބަބުން ކަލާފާނު ސްކޫލްގެ ބައެއް ކުދިން ބޯއަނބުރައި، ހޭނެތުމުން އެ ސްކޫލްގެ ހެނދުނު ދަންފަޅީގެ ކިޔެވުން މެދުކަނޑާލައިފި އެވެ.
ކަލާފާނު ސްކޫލުން ވާހަކަދެއްކި މީހަކު ބުނީ ހެނދުނު ދަންފަޅީގެ ކިޔެވުން މެދުކަނޑާލި ނަމަވެސް މެންދުރު ފަހު ދަންފަޅީގެ ކިޔެވުން ކުރިއަށް ނުގެންދަން އަދި ނިންމާފައި ނުވާ ކަމަށެވެ.
އެކަމާ ގުޅިގެން އެންވަޔަރަންމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވަނީ އެ ސްކޫލަށް ވަޑައިގެން ސްކޫލްގެ މެނޭޖްމަންޓާ ބައްދަލުކުރައްވާފައެވެ.
އެ ހާދިސާއާ ގުޅޭ ތަފްސީލީ މައުލޫމާތު ދިނުމަށް މިއަދު މެންދުރު އެޑިއުކޭޝަން މިނިސްޓްރީގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ވަނީ ނިންމާފައެވެ.