15 Apr 2015, 10:47
މާލޭ ސިޓީ ޕާކުގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ސަންއަށް އެނގިފައިވާ ގޮތުގައި ސިޓީ ޕާކުތެރޭގައި މަރުވެފައި އޮއްވާ މިއަދު ފެނުނު މީހާއަކީ ޏ. ފުވައްމުލައް، ހޯދަޑު، ޖޭމުމާގޭ އުމުރުން 27 އަހަރުގެ އަޙްމަދު ނަޛީމް އެވެ. އަދި މީގެ ގަޑިއެއްހާ އިރު ކުރިން ނަޒީމްގެ ހަށިގަނޑު ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައެވެ.
ސަންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނަޛީމްގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް ޒަޚަމެއް ފެންނާކަށް ނެތެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ސިޓީ ޕާކުތެރޭ މިއަދު 9:40 ހާއިރު ޒުވާނަކު ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން އެމީހާ އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.
އަދި އޭނާ ބެއްލެވި ޑޮކްޓަރުން އެމީހާ މަރުވެފައިވާ ކަމަށް މައުލޫމާތު ދީފައިވާ ކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.