14 Apr 2015, 18:50
ޑީއާރްޕީގެ ވަގުތީ ލީޑަރު ކާނަލް މުހައްމަދު ނަޝީދު، ކުރީގެ ރައީސް އަދި ސަރުކާރު ހިންގާ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ މިއަދު ބައްދަލު ކުރައްވައިފި އެވެ.
އެ ބައްދަލުވުމަށްފަހު މައުމޫން ވަނީ ދެ ބޭފުޅުން ބައްދަލު ކުރެއްވި ފޮޓޯ ޓުވީޓު ކުރައްވާފަ އެވެ. އަދި އެމަނިކުފާނާ ބައްދަލު ކުރެއްވީތީ ކާނަލް ނަޝީދަށް މައުމޫން ވަނީ ޝުކުރު އަދާ ކުރައްވާފަ އެވެ.
Thank you DRP Acting Leader@colonelnasheedfor calling on me today.pic.twitter.com/ovNiANVvUi
— Maumoon Abdul Gayoom (@maumoonagayoom)April 14, 2015
އެ ބައްދަލުވުމަށްފަހު ޑީއާރްޕީގެ ރަސްމީ ޓުވިޓާ އެކައުންޓުންކޮށްފައިވާ ޓުވީޓުގައި ބުނެފައި ވަނީ މައުމޫނާއެކު ބޭއްވި ބައްދަލުވުމަކީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށާއި އެ ބައްދަލުވުމުގައި އެކިއެކި ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރި ކަމަށެވެ.
DRP Leader@colonelnasheedhad a very fruitful meeting with President@maumoonagayoom. Discussed various issues.pic.twitter.com/gQYRbLzNvZ
— DRP (@drpmaldives)April 14, 2015
ރާއްޖޭގައި ދެ ވަނައަށް އުފެއްދި ސިޔާސީ ޕާޓީ، ޑީއާރްޕީއަކީ މައުމޫން އުފެއްދެވި ޕާޓީއެކެވެ. ސިޔާސީ ޕާޓީތަަކުގެ ކެނޑިޑޭޓުން ވާދަކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ރިޔާސީ އިންތިހާބުން މައުމޫން ނާކާބިޔާބު ވެވަޑައިގެންނެވުމުން އެމަނިކުފާނު ވަނީ ޑީއާރްޕީގެ ލީޑާޝިޕް، ދޫކުރައްވާފަ އެވެ. އަދި ސިޔާސީ މައިދާނަށް އަލުން މައުމޫން ވަޑައިގެންނެވުމުން ޕާޓީގެ ތެރޭގައި އުފެދުނު ފެކްޝަންތަކުގައި މައުމޫން ވަނީ، އެ ޕާޓީ ދޫކުރައްވައި ޕީޕީއެމް އުފައްދަވާފަ އެވެ.