14 Apr 2015, 16:16
އައްޑޫ ސިޓީ ހިތަދޫ ހައި ސްކޫލާދިމާ ލިންކް ރޯޑްގައި ޖިޕަކާއި ސައިކަލެއް ޖެހި އެކްސިޑެންޓުވުމުން މަޑުނުކޮށް ދިޔަ ޖިޕް ހޯދައި، ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 40 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އެކްސިޑެންޓްވުމުން މަޑުނުކޮށްދިޔަ ޖިޕް ފެނިފައިވަނީ ގަރާޖެއްގެ ތެރޭގައި ފޮރުވާފައި އޮއްވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ރޭ ހިނގި އެކްސިޑެންޓްގައި ސައިކަލްގައި ތިބި އަންހެނަކާއި ފިރިހެނަކަށް ވަނީ އަނިޔާވެފައެވެ. އެ ދެ މީހުންގެ ތެރެއިން ފިރިހެން މީހާއަށް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާއިރު، އަންހެން މީހާއަށް ހޮސްޕިޓަލުގައި އަދިވެސް ދަނީ ފަރުވާދެމުންނެވެ.