14 Apr 2015, 16:34
ރ. މަޑުއްވަރީގައި ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ދޯންޏަކުން މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް ހޮވައިފިއެވެ.
"ސަން" އަށް މައުލޫމާތު ދެމުން މާވަހަރު ހޮވި "ޝިފާ" ދޯނީގެ އެޔޮޅުގެ ދަށުން މަސައްކަތްކުރާ މުހައްމަދު ފާރިޝް ބުނީ، އޮޑީގެ މީހަކަށް އެ މާވަހަރު ފެނިފައިވަނީ ޅ. އަތޮޅާ ދިމާލު 111 މޭލު ބޭރުން ކަމަށެވެ.
ޝިފާ ދޯނިން ހޮވި މާވަހަރުކަމަށް ބެލެވޭ އެތި މިހާރުވަނީ، މާވަހަރެއްތޯ ޓެސްޓުކުރުމަށް މާލެ ގެނެސްފައެވެ.
އޭނާ ބުނީ، މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ފެނުނު އެ މާވަހަރުގައި 25 ކިލޯ ހުރި ކަމަށެވެ.
އެއީ ހުދަންބަރު މާވަހަރެއް ކަމަށް ބެލެވޭއިރު އެމާވަހަރަށް ގާތްގަނޑަކަށް 7 މިލިއަން ރުފިޔާ އަރާނެ ކަމަށް އޭނާ ބުންޏެވެ.
ފާރިޝް ބުނީ، އެއީ މާވަހަރެއްކަން ޔަގީން ކުރަން ޓެސްޓު ހަދަން މިހާރު ސާމްޕަލް ފޮނުވައި އޭގެ ޓެސްޓުތައް ހަދަމުންދާ ކަމަށެވެ.