ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން މުހައްމަދު ޣައްސާން މައުމޫން ބަދަލުކޮށްފި އެވެ.

ޣައްސާން މިހާތަނަށް ހުންނެވީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުގަ އެވެ. އޭނާގެ އިތުރުން ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުޖުތާޒެވެ.

ރައީސް އޮފީހުގެ މިނިސްޓަރުންގެ ގޮތުގައި ދެ ބޭފުޅަކު ތިއްބަވައެވެ. އެއީ މުހައްމަދު ހުސައިން ޝަރީފާއި އަބްދުﷲ އަމީނެވެ.