14 Apr 2015, 12:12
ފިހާރައަކުން މަސްދަޅުތަކެއް ވަގަށްނެގި މީހަކު ފަސް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
މއ. ޕިންކްޑްރީމް ހުސައިން ފަޒީލްގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ 2013 ވަނަ އަހަރުގެ މެއި 31 ވަނަ ދުވަހުގެ ރޭ 7:00 އެހާކަންހާއިރު އޯކިޑުމަގުގައި ހުރި ފިހާރައަކުން 74 މަސްދަޅު ވަގަށް ނަގާފައިވާތީ އެވެ،.
ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ވަނީ ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން އޭނާގެ މައްޗަށް ވައްކަމުގެ ކުށް ސާބިތުވާ ކަމަށެވެ.
މިއީ ފަޒީލްގެ މައްޗަށް ވައްކަމުގެ ކުށެއް ސާބިތުވި ހަތަރު ވަނަ ފަހަރު ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.